މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އިބްރާހީމް ޒިޔަތު އައްޔަންކޮށްފިއެވެ.
ޒިޔަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަންކޮށްފައިވާކަން އެ ކުންފުނިން މިއަދު ވަނީ އިއުލާންކޮށްފައެވެ.
އެމްޓީސީސީ ސީއީއޯގެ މަގާމު އަދާކުރެއްވި އިރު، އެ ކުންފުނީގެ ސައިޓްތަކުގައި މަސައްކަތްކުރަން ބިދޭސީން މަސައްކަތްތެރިން ރެކްރޫޓްކުރުމުގައި ހިޔާނާތަށް މަގުފަހިވާ ކަންތައްތަކެއް ހިންގި ކަމަށް ޒިޔަތުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.
އެ މައްސަލައެއް ތަހުގީގުކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި، 2021 ވަނަ އަހަރުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވައިފައެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ