ކުރިއަށް އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 41 ގޮނޑި، އިންތިހާބަކާ ނުލާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާ، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، މި ކޮމިޓީއަށް އިންތިހާބަކާ ނުލާ ހޮވުނު ކެންޑިޑޭޓުންގެ ނަންތައް މިއަދު ވަނީ އިއުލާން ކޮށްފައެވެ.
އެގޮތުން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް 41 ގޮނޑި ލިބުނު އިރު އިދިކޮޅު އެމްޑީޕީއަށް އަންހެނުންގެ ކޮމެޓީތަކުގެ 5 ގޮނޑި ވަނީ ލިބިފައެވެ. އަދި އަދާލަތު ޕާޓީއަށް އެއް ގޮނޑި ލިބުނު އިރު އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކަށް އިންތިހާބަކާ ނުލައި ގޮނޑިތައް ވަނީ ކާމިޔާބުވެފައެވެ.
މީގެ އިތުރުން ޕީއެންސީއަށް އިންތިހާބަކާ ނުލާ ކައުންސިލްގެ 28 ގޮނޑިވެސް ކާމިޔާބުވެފައިވާއިރު، އެ ޕާޓީ އަށް ޖުމްލަ 69 ގޮނޑި ވަނީ ކާމިޔާބުކުރެވިފައެވެ.
އިންތިހާބަކާ ނުލާ އަންހެނުންގެ ކޮމިޓީގެ 41 ގޮނޑި ޕީއެންސީއަށް، އެމްޑީޕީއަށް 5 ގޮނޑި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ