ދިރާގު އައިސިކް އެހެން މީހަކަށް ތައާރަފްކޮށްދީގެން ޑިޒްނީލޭންޑަށް ދެވިދާނެ

ދިރާގު x އައިސިކް ބޭނުންކުރާ ފަރާތްތަކަށް ޝަންހާއީ ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވާލައި ހާއްސަ ރިފަރަލް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
ތަފްސީލް - މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭނީ:
ޝަންހާއީ ދިއުމުގެ ދެކޮޅު ޓިކެޓް
ފަސް ރޭގެ ހުރުން
ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:
ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަށް ރަޖިސްޓަރީވުމަށް ފަހު މި ކާޑު އެހެން ފަރާތްތަކަށް ތައާރަފްކުރުން
އެ ފަރާތުން ދިރާގު x އައިސިކްއަށް ރަޖިސްޓަރީކުރާއިރު މި ހިދުމަތް ތައާރަފްކޮށްދިން ފަރާތުގެ ފޯނު ނަންބަރު ރިފަރަލްގެ ގޮތުގައި ޖެހުމަކީ ވަރަށް މުހިންމު ކަމެއް
އަންނަ މާޗު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ވީހާ ވެސް ގިނަ ފަރާތްތަކަށް މި ހިދުމަތް ތައާރަފުކޮށްދީގެން އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ.
މީގެ އިތުރުން، ކިޔަވާ ކުދިންނަށް ހާއްސަ ދިރާގު x އައިސިކްއަށް މި މަހުގެ ނިޔަލަށް ހިލޭ ރަޖިސްޓްރީ ކުރެވޭނެ އެވެ. ރަޖިސްްޓްރީ ކުރުމަށް ފަހު މި ކާޑުން ލިބޭ ހާއްސަ ޑިސްކައުންޓްތައް އެއް އަހަރު ވަންދެން ބޭނުންކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ