މާދަމާ އަކީ މުލަ ރޯދަ ދުވަސް: މައުމޫން

ފަލަކީ ހިސާބުން ދައްކާ ގޮތުގައި މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފަލަކީ އިލްމުގެ ތަޖުރިބާ ހުންނެވި މައުމޫން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ހަނދާން ގުޅޭ މިފަދަ ވާހަކަތައް ހިއްސާކުރައްވަ އެވެ. އެގޮތުން މާދަމާ އަކީ މުލަ ރޯދަ ދުވަސް ކަމަށް ވިދާޅުވެ، މައުމޫން ސޯޝަލް މިޑިއާގައި ރަމަޟާން މަހުގެ ތަހުނިޔާ ހުރިހާ މުސްލިމުންނަށް ފޮނުއްވާފައިވެ އެވެ.
ކަލަންޑަރުގައި ވެސް ވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ. އެހެންވެ މިރޭ ހަނދު ސާބިތު ކުރުން އޮންނާނެ އެވެ. އަދި ހަނދުނު ފެނުނުތޯ ނޫންތޯ ރަސްމީކޮށް އިސްލާމިކް މިނިސްޓްރީން އިއުލާން ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ