"އެއްވެސް ސަރުކާރަކުން ނުދައްކާ މިންވަރަށް މި ސަރުކާރުން ދަރަނި ދައްކައިފި"

ފާއިތިވި 2 ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ނުދައްކާ މިންވަރަށް މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނި ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ފަދައިން ވިދާޅުވީ ދ. އަތޮޅު މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއިން ކާމިޔާބުކުރުމާއެކު އެކަމުގެ އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުގެ ވާހަކަފުޅުގައިވަނީ އެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކާއި އަދި މިހާތަނައް ދައްކާފައިވާ ދަރަނިތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދެއްކިފާފައިވަނީ 953 މިލިޔަން ޑޮލަރުކަމަށާއި މި ސަރުކާރުން ދެ އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިޔަން ޑޮލަރު ވަނީ ދައްކާފައިކަމަށެވެ. އަދި
އޭގެ ކުރީސަރުކާރުން 5 އަހަރުގެ ތެރޭގައި ދައްކާފައިވަނީ 418.18 މިލިޔަން ޑޮލަރުކަމަށެވެ. އެގޮތުން މި ދެ ސަރުކާރުގެ 5 އަަހަރުގެ ދުވަހުގެ މުއްދަތުގައި ނުދައްކާ މިންވަރަށް މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދައްކާފައިވާ ދަރަނި އިތުރުކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު އައިފަހުން ނަގާފައިވާ ދަރަނީގެ ތެރެއިން 4.9 މިލިޔަން ޑޮލަރުވަނީ ދައްކާފައިކަމަށެވެ. އަދި މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 891 މިލިޔަން ޑޮލަރު ދައްކާފައިވާއިރު އޭގެ ކުރީ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 195 މިލިޔަން ޑޮލަރު ވަނީ ދައްކާފައިކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުއާއި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 62.5 މިލިޔަން ޑޮލަރު ވަނީ ދައްކާފައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި
ރައީސް މައުމޫނުގެ ސަރުކާރުގެ ތެރޭގައި ހުރި ދަރަނީގެ ތެރެއިން 38.1 މިލިޔަން ޑޮލަރު ވަނީ ދައްކާފައިކަމަށް ވިދާޅުވިއެވެ. މިއީ މިހާތަނައް ދައްކާފައިވާ 1.29 ބިލިޔަން ޑޮލަރުގެތެރެއިން ދައްކާފައިވާ މިންވަރުކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ އެކި ސަރުކާރުތަކުން ނަޤާފައިވާ ދަރަނީގެ ތެރެއިން މިހާތަނައް ދައްކަންވެފައިވާ އަދަދުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިސަރުކާރުން މިހާތަނައް ނަގާފައިވާ ދަރަނިތަކުގެ ތެރެއިން ބާކީ ދައްކަން އިނީ 239 މިލިޔަން ރުފިޔާކަމަށާއި މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 1.14 ބިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އަދި އޭގެ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ދައްކަވެފައިވާ 710 ބިލިޔަން ޑޮލަރު ހުރިއިރު ރައީސް ނަޝީދާ އަދި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 150.4 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ބޭރު ދަރަނި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 51.3 އިންސަތައްއަށް އަރާފައިވާކަމަށެވެ. އަދި މިއަހަރުގެ މެއި މަހުގެ ނިޔަލައް މި އަދަދު 44.5 އިންސައްތައަށް ދައްކުރެވިފައިވާކަމަށެވެ. މިއީ 6.89 އިންސައްތަ ކުރިއެެރުމެއްކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޖީޑީޕީގެ ނިސްބަތުން ސަރުކާރުގެ ސީދާ ދަރަނި 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް 108.8 އިންސަތައް އަރާފައިވާކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ މެއި މަހުގެ ނިޔަލަށް 104.8 އިންސައްތަ ދައްކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މިއީ 2 އަހަރާއި ބައިގެ ތެރޭގައި 4 އިންސަތަ ކުރިއެރުން ލިބިފައިވާކަަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ