ހިދުމަތުގައި 31 އަހަރު، ނަވީން ރިޓަޔާ ކުރައްވައިފި

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން, ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.
ނަވީން ވަނީ މިއަދުން ފެށިގެން ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގެންފައިވާކަން އިއުލާނު ކުރައްވާފަ އެވެ. ނަވީން ވިދާޅުވި ގޮތުން ހިދުމަތުން ވަކިވެވަޑައިގަންނަވަނީ 31 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
ނަވީން ވިދާޅުވީ ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގެންނެވި ނަމަވެސް އެ ޔުނީފޯމާއި ބެޖާއި މުއައްސަސާއަށް ކުރާ އިހްތިރާމާއި އޮތް ލޯބި އޮންނާނެ އެވެ. އަދި ގައުމީ ލޯބި އެ ގޮތުގައި ދެމި އޮތް ކަމުގައި ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެވުމަކީ ލިބުނު ފަހުރެއް ކަމުގައި ވެސް ވިދާޅުވި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަނު ކުރެއްވީ ޖޫން 10, 2025 ގަ އެވެ. އޭރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގަ އެވެ.
ނަމަވެސް ސީޕީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގަވަމުން ގެންދެވީ ނަވީންގެ ބެއްލެވުގެ ދަށުންނެވެ. ނަވީން, މަގާމުން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. 
އެކަމާއި ގުޅޭގޮތުން ފުލުހުންްގެ އިދާރާއިން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ