މި ރޯދަމަހު 19 މިސްކިތެއް ހުޅުވޭނެ: ޝަހީމް

މި ރޯދަމަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 19 މިސްކިތެއް ހުޅުވިގެން ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަހީމް މިގޮތަށް ވިދާޅުވީ މީޑިއާތަކަށް މިރޭ ފޮނުއްވި މެސެޖެއްގަ އެވެ.
ތަފްސީލު - ޝަހީމް ވިދާޅުވީ 15 މިސްކިތެއް މިހާރު ހުޅުވާފައިވާ ކަމަށެވެ. އަދި ރޯދަމަސް ތެރޭ ވެސް ބައެއް ތަންތަން ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުމްލަ 15 މިސްކިތެއް ހުޅުވިގެންދާނެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާ ކުރި މިސްކިތްތައް ހިމެނޭ،" ޝަހީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ޝަހީމް ވިދާޅުވީ:
މާލެގޭ 800އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ މިސްކިތްތައް މިހާރު ވަނީ އޭސީކޮށްފައި (ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން އޭގެ ތެރޭގައި ހިމެނެނީ ހަތަރު މިސްކިތެއް)
ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ވެސް މިހާރު ވަނީ ހައްލުކޮށްފައި
އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ
އަތޮޅުތަކުގައި 10 ރަށެއްގައި އިހްޔާ ފޯރަމް ބާއްވާމެ؛ މިއީ އަތޮޅުތަކުގައި އެންމެ ގިނަ ފޯރަމް ބާއްވާ އަހަރު
ގުރުއާން ޓީޗަރުން ނެތް 10 ރަށަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސް ގުރުއާން މަރުކަޒުގެ 10 ގޮތްޕަކަށް އިއްޔެ 10 ޓީޗަރުން ވަނީ ފޮނުވާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ