މީހަކު މަރާލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރު ދިންކަމުގެ ތުހުމަތުގައި 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، މިއަދު ބަންދުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އަހްމަދު ފައިރިޝް، ނޫވިލްގެ/ހއ. ހޯރަފުށި އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ތަފްސީލު - ފައިރިޝްގެ ކޯޓު އަމުރުން އެނގޭ ގޮތުގައި:
މައްސަލައިގައި ހުށަހެޅިފައިވާ ހެއްކެއްގެ ބަޔާނުގައި އޭނާ އަނިޔާ ދޭނެކަމުގެ އިންޒާރު ދީފައިވާކަން އެނގޭ
އޭނާއަކީ ކުށުގެ ރިކޯޑް އޮންނަ މީހެއް؛ އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވޭ
އޭގެ ތެރޭގައި، އިންޒާރު ދިނުމާއި އަނިޔާދީ މާރާމާރީ ހިންގުމުގެ މައްސަލަތައް ވެސް ހިމެނޭ
"މީނާ އިންޒާރުދީފައިވަނީ އެކި އަނިޔާތައް ދޭނެ ކަމަށް ބުނެ ކަމުގައިވާއިރު، މި ބާވަތުގެ މައްސަލަތަކެއްގެ ރިކޯޑު ހުރުމުން މީނާ މި ބާވަތުގެ އަނިޔާއެއް ދިނުމުގެ ކުށެއް ކުރުމުގެ އިހްތިމާލު ވުޖޫދުވެ އެވެ،" ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ނެރުއްވި އަމުރުގައިވެ އެވެ.
އެހެންވެ، ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާތުގެ ގާނޫނަށް ރިއާޔަތްކޮށް "މުޖަތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި" ބަންދުގައި ބެހެއްޓުމަށް ގާޒީ އަލީ ނަދީމް އަމުރު ކުރެއްވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފައިރިޝްއަށް ބޮޑު ކުށަކަށް ތުހުމަތު ކުރެވޭއިރު، އޭނާގެ ވަނަވަރެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
މަރުގެ އިންޒާރު ދިން މީހަކު ހަޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ