ދުނިޔޭގެ މުއްސަނދި މަހުޖަނުންނާއި ސުޕަޔޮޓުތައް ގެންގުޅޭ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ކެމްޕޭން ކާމިޔާބީއާއެކު ނިންމާލައިފިއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފެށި މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ޓޫރިޒަމް ސިންދަފާތުކޮށް، މަތީ ފަންތީގެ ޓޫރިސްޓުން ރާއްޖެއަށް ޝައުގުވެރިކުރުވުމެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޔޮޓު ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި ކެމްޕޭނުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ޔޮޓު ޝޯތަކުގައި ރާއްޖެއިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެމްވައިބީއޭ ޗާޓާ ޝޯއާއި މޮނާކޯ ޔޮޓު ޝޯ ހިމެނޭ ކަމަށް ވިޒިޓް މޯލްޑިވްސް އޮފީހުން ބުންޏެވެ. މި ޝޯތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ޚާއްސަ މެޓީރިއަލްތަކާއި ބްރޭންޑިން ބޭނުންކޮށްފައިވާއިރު، “ސުޕަޔޮޓް ޑެސްޓިނޭޝަން މޯލްޑިވްސް” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ‘ސުޕަޔޮޓް ސްޕައިސް ރޫޓް ޕްލެޓްފޯމް’ ފަދަ ސްޓްރެޓީޖިކް ހަރަކާތްތަކުގައި ބައިވެރިވެ، މެރިޓައިމް ރޫޓްތަކުގައި ރާއްޖެ އޮންނަ މުހިންމު ސަރަހައްދު ވަނީ ދައްކާލާފައެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، އިންޓަނޭޝަނަލް ސުޕަޔޮޓު ސާކެޓްގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ ޔޮޓް ކޮމިއުނިޓީއާ ސީދާ ގޮތެއްގައި ބައްދަލުކޮށް، ރާއްޖެއިން ޖާގައެއް ހޯދުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. މި ކެމްޕޭނުން ލިބުނު ކުރިއެރުންތަކާއެކު، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ޔޮޓް ޝޯތަކުގައި ބައިވެރިވެ، މި ދާއިރާއިން ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް އޮފީހުން ބުންޏެވެ. މިއީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމަށް ކުރާ މުހިންމު މަސައްކަތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފެރެންސް’ ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސަށް އެހީވާ ފަރާތްތަކާއެކު ސޮއި ކޮށްފި ރީތި ފޮޓޯއެއް ހިއްސާކޮށްލައިގެން މާޅޮހުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު “ވިޒިޓް މޯލްޑިވްސް”
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ