ސިޔާމްއާ އެކު ކެމްޕޭނަށް ނުކުތް ޑެޕިއުޓީ މިނިސްޓަރު މަގާމުން ވަކިކޮށްފި ސިޔާމްއާ އެކު ކެމްޕޭނަށް ނުކުތް ޑެޕިއުޓީ މިނިސްޓަރު މަގާމުން ވަކިކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އާސިމް މިއަދު މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއެކު ދ. އަތޮޅު ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުގެ އޮފިޝަލަކު ބުނި ގޮތުގައި، އާސިމް މަގާމުން ވަކިކުރަން ނިންމީ އިއްޔެ ސިޔާމް ދ. ރިނބިދުއަށް ކުރެއްވި ޒިޔާރަތުގައި އޭނާއަށް މަރުހަބާ ކިޔުމަށް އާސިމް ހުންނެވުމާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ސިޔާމްއާއެކު އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާތީއެވެ.
"ޕީއެންސީގެ މެންބަރުންގެ މެދުގައި މިފަދަ ހިތްހަމަ ނުޖެހުންތަކެއް އޮވެގެން ޝަކުވާކޮށްގެން [އާސިމް] ވަކިކުރީ،" ރިނބިދޫން އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އާސިމްއަކީ އެމްޑީއޭގެ މެންބަރަކެކެވެ. އޭނާއަކީ އިސްލާމިކް މިނިސްޓްރީގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ ތެރެއިން އެންމެ ހީވާގިކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމަށް އެ މިނިސްޓްރީގެ ބައެއް ވެރިން ވިދާޅުވި އެވެ.
"މިނިސްޓްރީގެ މުވައްޒަފުން ވަރަށް ބޮޑަށް ކަންބޮޑުވެފައި ތިބީ ސަރުކާރުން މިގޮތަށް އަމަލުކުރުމުން. އާސިމްއަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް،" މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ