އައްޑޫއަށް ދެ ކިލޯގެ ޑުރަގް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެ ކިލޯގެ ޑުރަގް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ސަލްދިން ވަލިމޮހްމަދް ރުއްފިން (58އ) އެވެ.
ފުލުހުން މިއަދު ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކުރީ މޯލްޑިވްސް ކަސްޓަމްސް އިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް، ދެ ކިލޯގެ ޑުރަގް އެތެރެކުރަން އުޅެފައިވަނީ ކިހިނެތް ކަމެއް ނޭނގެ އެވެ. އަދި ހައްޔަރުކުރި މީހާއަކީ ރާއްޖޭގައި ކޮން މަސައްކަތެއް ކުރާ މީހެއް ކަމެއް އަދި އޭނާގެ ބަންދުގެ މުއްދަތު ޖެހި ކަމެއް ޖެހީ ކިތައް ދުވަސް ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
އައްޑޫއަށް ދެ ކިލޯގެ ޑުރަގް އެތެރެކުރި މީހަކު ހައްޔަރުކުރި އިރު، މިފަދަ ބޮޑެތި ޑުރަގް އެތެރެކުރާ މީހުން ހައްޔަރުކޮށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަ އެވެ. މި މައްސަލައިގައި އެފަދަ އޮޕަރޭޝަނެއް ހިންގި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ