ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝްވާ އަބްދުالله އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ދާދި ދެންމެއަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެފްޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ނަޝްވާ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
"ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، އަލްފާޟިލް ނަޝްވާ އަބްދުالله މިއަދުން ފެށިގެން ވަނީ ވަކިކޮށްފަ އެވެ،" ޕީސީބީން ބުންޏެވެ.
ނަޝްވާއަކީ ޕަބްލިކް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ދާއިރާއިން ރާއްޖެއަށް 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެކި މިނިސްޓްރީތަކުގަ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރެއްގެ މަގާމު ވެސް 2019 އާ ހަމައަށް އޭނާ ފުރުއްވި އެވެ.
އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކުރި ސަބަބެއް ނޭނގެ އެވެ.
އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ