މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބޭއްވުމަށް ނިންމާފައިވާ "އެމްއެންޔޫ މެރަތަން" އާ ގުޅުވައިގެން ބާއްވާ މެރަތަން އެކްސްޕޯ އަންނަ ބުދަދުވަހު ފެށުމަށް ނިންމައިފިއެވެ.
އެމްއެންޔޫއިން ބުނީ މިއީ މެރަތަންގައި ބައިވެރިވާ ދުވުންތެރިންނަށް ބޭނުންވާ ބިބް ހަވާލުކުރުމުގެ ހަރަކާތް ފޯރިގަދަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށެވެ. ބުދަ އަދި ބްރާސްފަތި ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އެ ދެދުވަހުގެ 13:00 އިން ފެށިގެން 22:00 އަށެވެ.
މި އިވެންޓް ކުރިއަށްދާނީ ބިބް ނެގުމަށް އަންނަ ފަރާތްތަކުން ކިއޫގައި މަޑުކޮށްގެން ތިބުމުގެ ބަދަލުގައި، އެކި ސްޓޯލްތަކަށް ޒިޔާަރތްކޮށް ފޫހިކަމެއްނެތި ވަގުތުގެ ބޭނުން ހުފޭނޭ ގޮތަކަށެވެ. މި ސްޓޯލްތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު މެރަތަންގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން އާއްމުނަށްވެސް ވަނީ ހުޅުވާލާފައެވެ.
އެމްއެންޔޫ މެރަތަން ޕޯސްޓަރ
އެމްއެންޔޫ މެރަތަންއަކީ ތަފާތު ކެޓަގަރީތައް ހިމެނޭހެން އެކި އުމުރުފުރާތަކަށް ބައިވެރިވެވޭނޭހެން ކުރިއަށްގެންދާ އިވެންޓެކެވެ. އެމްއެމްޔޫއިން ބުނީ މި މެރަތަން ބޭއްވުމުގެ މަގްސަދަކީ ހަމައެކަނި ވާދަވެރި ދުވުމެއް އެކަނި ބޭއްވުން ނޫން ކަމަށާއި، މިއީ މުޖުތަމައުއާ މުޅި ރާއްޖޭގެ ދުޅަހެޔޮ ހަރަކާތްތެރި ދިރިއުޅުމުގެ ސަގާފަތެއް ބިނާކޮށް އާލާކުރުމަށް ޔުނިވަރސިޓީން ކުރިއަށްގެންދާ މުހިންމު ހަރަކާތެއްކަމަށެވެ.
ތައުލީމް ފޯރުކޮށްދިނުމުގެ އިތުރުން މުޖުތަމައުގެ ދުލަހެޔޮކަމާއި އެއްބައިވަންތަކަން އިތުރުކުރެވޭނޭފަދަ ތަފާތު ހަރަކާތްތައް މެދުވެރިކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ އެމްއެންޔޫގެ އަމާޒެއްކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
އެމްއެންޔޫ މެރަތަން އެކްސްޕޯ، ފެބުރުއަރީ 11 އަދި 12 ވަނަ ދުވަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ