ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު ބައެއް އިދާރާތަކުގެ ބެލެނިވެރި މިނިސްޓްރީ ބަދަލުކޮށް، އެކަން ރައީސް އޮފީހުން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ކުއްލި ގޮތަކަށް 10 މިނިސްޓަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ ކެބިނެޓު އަލުން އެކުލަވާލައި، އިދާރީ އޮނިގަނޑަށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ.
އޭގެ ތެރޭގައި އާ މިނިސްޓްރީއެއް އުފެއްދުމާއި ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރުމާއި އެއާ އެކު އެ މިނިސްޓްރީތަކަށް ދިވެހިބަހުން ކިޔާނެ އާ ނަންތައް ހަމަޖެއްސުން ހިމެނެ އެވެ.
ތަފްސީލު - މިނިސްޓަރުންގެ އިސްތިއުފާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި މިނިސްޓަރުންގެ އަދަދު 15އަށް މަދުކުރައްވާފަ އެވެ.
އެއާ އެކު ބައެއް އިދާރާތަކުގެ ބެލެނިވެރި މިނިސްޓްރީ ވެސް ވަނީ ބަދަލުވެފަ އެވެ. އެގޮތުން:
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންއައި، ނޭޝަނަލް ކެރިއާސް ސާވިސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލުކުރުން
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންއައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރުން
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންއައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، އާއިލާތަކާއި ކުޑަކުދީންނަށް ހިދުމަތްދޭ މަރުކަޒުތައް، އަމާންހިޔާތައް، ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒު، އިސްރަށްވެހިންގެ ނާދީތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަދި އެ ސާވިސްގެ ދަށުން ހިނގަމުންއައި ފިޔަވަތި އާއި އަމާންވެށިތައް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ދަށަށް ބަދަލުކުރުން
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރުން
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށުން ހިނގަމުންއައި ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން، ގައުމީ ކުތުބުހާނާ، ގައުމީ އަރުޝީފު، ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އަދި އެ ސެންޓަރުގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް އާޓް ގެލެރީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރުން
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ދަށުން ހިނގަމުންދިޔަ، އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އަދި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއާ ރިޒާވް އޮފީސް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ދަށަށް ބަދަލުކުރުން
އެނގުން މުހިންމު - ކެބިނެޓަށް އިއްޔެ ގެނައި ބަދަލުތަކުގެ ތެރެއިން މިހާތަނަށް 13 މިނިސްޓަރުން ވަނީ މަގާމުގެ ހުވާކުރައްވާފަ އެވެ. އެއީ:
ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު
އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ
އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް
ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
މޫސާ ޒަމީރު - މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
އަލީ އިހުސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ
ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް
މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް
އަބްދުﷲ ރާފިއު - މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް
އަހްމަދު ޝިޔާމް - މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ
ހުސްކޮށް އޮތް ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް އަދި އެއްވެސް ބޭފުޅަކު އައްޔަނެއް ނުކުރެ އެވެ.
ބައެއް އިދާރާތަކުގެ ބެލެނިވެރި މިނިސްޓްރީ ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ