މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ވާދޫ އިން 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ އެ ރަށު ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި ވާދޫ ބަނދަރު ސަރަހައްދުން ޝާޔާއާ އެކު އިތުރު މީހަކު ވެސް ހައްޔަރުކުރި ކަމަށެވެ. އެއީ ގދ. ގައްދޫ، ސަންދަރޯސްގޭ، މުޙައްމަދު އަޝްރަފް، 30، އެވެ.
އެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 3.28 ގުރާމް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާޔާގެ ބަންދަށް 60 ދުވަސް އަދި އަދި އަޝްރަފްގެ ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލަަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ޑްރަގާ އެކު 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ