ލާންވީ ހެދުން ބުނެދޭ އޭއައި ފީޗާއެއް ގޫގުލް ފޮޓޯސް އިން ތައާރަފުކުރަނީ

ކޮންމެ ދުވަހަކުވެސް ތިމާ ލާންވީ ކޮން ހެދުމެއްކަން ބުނެދޭ އޭއައި ފީޗާއެއް ގޫގުލް ފޮޓޯސްއިން ތައާރަފުކުރަން ނިންމައިފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި، ގޫގުލް ފޮޓޯސް އިން އަލަށް ތައާރަފުކުރާ "ވޯޑްރޯބް" ފީޗާއަކީ ހެދުން ލުމުގެ ކުރިންވެސް އެ ހެދުމެއް ލީމާ ހުންނާނެ ގޮތް ނުވަތަ ސިފަ އަމިއްލައަށް ވާޗުއަލްކޮށް ބަލާލެވޭނެ ފީޗާއެކެވެ. މި ފީޗާ މަސައްކަތް ކުރަނީ ގޫގުލް ފޮޓޯސްގައި ރައްކާކޮށްފައި ހުރި ފޮޓޯތައް ސްކޭންކޮށް، އޭގައި ހުންނަ ހެދުންތައް އޭއައި މެދުވެރިކޮށް ދެނެގަނެ، ޑިޖިޓަލް ވޯޑްރޯބެއް ނުވަތަ އަލަމާރިއެއް އުފައްދައިގެންނެވެ. މީގެ ސަބަބުން ކުރިން ލާފައި ހުރި ހެދުންތައް ވަކިވަކި ފޮޓޯތަކެއްގެ ގޮތުގައި އެޕްލިކޭޝަންގެ "ކަލެކްޝަންސް" ބައިގައި ފެންނަން ހުންނާނެއެވެ. އަދި އެތަނުގައި ހުންނަ "ކްރިއޭޓް" ބަޓަނަށް ފިއްތާލުމުން، ތަފާތު ގަމީހާއި ފަޓުލޫނު ނުވަތަ ހެދުންތައް އެކި ގޮތްގޮތަށް ގުޅުވައި، އެ ހެދުން ލުމުން ފެންނާނެ ގޮތް އޭއައި މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ. މިފީޗާ މެދުވެރިކޮށް ވާޗުއަލް އަލަމާރިއެއް ފޯނުގައި އުފައްދާނެ --- ގޫގުލް އިން ހާމަކުރި ގޮތުގައި މި ފީޗާ މި އަހަރުގެ ހޫނު މޫސުމުގައި ޔޫޒަރުންނަށް ލިބެން ފަށާނެއެވެ. އެންމެ ފުރަތަމަ އެންޑްރޮއިޑް ފޯނުތަކަށް މި ފީޗާ އަންނައިރު، އޭގެ ފަހުން އައިއޯއެސް (އައިފޯން) ތަކަށްވެސް މި ފީޗާ ތައާރަފުކުރާނެއެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ބާޒާރަށް ނެރޭ "މޮޓޮރޯލާ ރޭޒާ 2026" ސީރީޒްގެ ފޯނުތަކުގައި މި ފީޗާ ބިލްޓް-އިންކޮށް ހިމެނޭނެ ކަމަށްވެސް ގޫގުލް އިން ވަނީ ބުނެފައެވެ. މި ފީޗާގައި ބޭނުންކޮށްފައިވަނީ ގޫގުލްގެ "ނެނޯ ބަނާނާ" އޭއައި ޓެކްނޮލޮޖީއާއި "ވާޗުއަލް ޓްރައި އޮން" ފީޗާއެވެ. މި ޚިދުމަތަކީ ހިލޭ ލިބޭނެ ޚިދުމަތެއްތޯ ނުވަތަ "ގޫގުލް އޭއައި ޕްރޯ/އަލްޓްރާ" ސަބްސްކްރިޕްޝަން ބޭނުންވާނެ ކަމެއްތޯ ގޫގުލް އިން އަދި ސީދާ ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ