ކައުންސިލް އިންތިޚާބު: ދެވަނަ ބުރުގެ ވޯޓުލުން މާދާމާ

މި އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށްދާނީ ޖުމްލަ ފަސް ދާއިރާއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް މެންބަރުން ހޮވުމެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ތެރެއިން ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މާލޭގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން ކެލާ އަދި ދޮންފަނުގެ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އަދި މާވަށުގެ ފޮށިތައް ހިރިޔާ ސްކޫލުގައި، އަދި ދަޑިމަގު އަވަށުގެ ވޯޓު ފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ހުރިހާ ފަރާތްތަކުންވެސް ވީހާވެސް އަވަހަށް ވޯޓުލުމަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ