އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައިފި

ދުނިޔޭގެ ތެލުގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑޯޅި އީރާނުން ވިޔަފާރި ބޯޓުފަހަރަށް ހުޅުވާލައިފި އެވެ.އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ނިންމާފައިވަނީ އިސްރާއީލާއި ލުބުނާނާ ދެމެދު ވެވުނު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެންނެވެ.އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގެ ސުލްހައިގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ސުލްހައިގެ މުއްދަތު ނިމެންދެން ހުރިހާ ވިޔަފާރި އުޅަނދަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.ނަމަވެސް ހުރިހާ އުޅަނދަކުން ވެސް އިރާނު ގެ މެރިޓައިމް އޮތޯރިޓީން ކަނޑައަޅާފައިވާ ރޫޓަކުން ދަތުރުކުރަން ޖެހޭނެ ކަމަށް އަރާގްޗީ ފާހަގަކުރެއްވި އެވެ.މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ސޯޝަލް މީޑިއާގައި ހޮރްމުޒް ކަނޑުއޮޅި "ފުރިހަމައަށް ހުޅުވާލެވިފައި" އޮތްކަން ކަށަވަރުކޮށްދެއްވާފަ އެވެ. ޓްރަމްޕް ވަނީ، އެކަމަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.ހޮރްމޫޒް ކަނޑުއޮޅިހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އެންމެ މުހިންމު އަދި ތެޔޮ ހިފައިގެން ބޯޓުތައް ދަތުރު ކުރާ މަގުތަކުގެ ތެރެއިން އެއް މަގެވެ. ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އެ ސަރަހައްދަށް އެއްވެސް ބުރޫއެރުމެއް އައިސްފި ނަމަ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވެ، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން އުފެދޭނެ އެވެ.މި ކަނޑުއޮޅިއަކީ ގާތްގަނޑަކަށް 100 މޭލު ދިގު އަދި އެންމެ ހަނި ހިސާބުގައި 21 މޭލު ފުޅާ ސަރަހައްދެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި އުޅަނދުފަހަރު ޗައިނާއަށާއި ޔޫރަޕަށާއި އެމެރިކާއަށް ތެލާއި ގޭސް އުފުލުމަށް އެ ކަނޑުއޮޅި ބޭނުން ކުރެއެވެ. އެ ސާފުނުކުރާ ތެލުގެ ބޮޑު ބައި އަންނަނީ ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، އިރާގު، ކުވެއިތު، ގަތަރު އަދި އީރާނުންނެވެ.ލޮއިޑްސް ލިސްޓް އިންޓެލިޖެންސް އިން ރިޕޯޓްކުރާ ގޮތުގައި، ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން 325 ޓޭންކަރު ހިމެނޭހެން 600 އަށްވުރެ ގިނަ އުޅަނދު ވަނީ ގަލްފްގެ ތެރޭގައި ތާށިވެފަ އެވެ.ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއަޅަމުން ދިޔައީ އެމެރިކާ އާއި އިޒްެރޭލުން ހަމަލާތައް ފެށުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވި އެވެ.އިރާނުގެ އިއުލާނާ އެކު، ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑް އަދި އެމެރިކާގެ ޑަބްލިއުޓީއައި ތެލުގެ އަގު ވަނީ ފީފާއެއް 90 ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ