ޖާހު ފްލެޓް ގަތް މީހުންނަށް ހަ މަސް ތެރޭގައި އެޕާޓްމަންޓް ލިބޭނެ: ރައީސް
މިހާތަނަށް ނުނިމި އޮތް، ޖާހު އިންވެސްޓްމެންޓްސްއިން އިމާރާތް ކުރަމުންދާ "ދަ ގާޑެންސް" ފްލެޓްތައް ލިބޭނެކަމަށް ލިޔުން ލިބިފައިވާ އެންމެންނަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ އެޕާޓްމަންޓުތައް ހަވާލުކޮށްދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ. މިރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ބޯހިވާހިކަމަށް ހިންގި އެތައް މަޝްރޫއެއް ދެކޮޅު ނުޖެހި ރައްޔިތުންނަށް ގެއްލުން ލިބުނުކަމަށެވެ. އެގޮތުން ސީލައިފް ފްލެޓްތަކާއި، ކޭޕާކް މައްސަލައާއި، ޖާހުގެ މައްސަލަ ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޖާހުގެ ފްލެޓްތަކުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަ މަަސް ދުވަހުގެ ތެރޭގައި އާބަންކޯއިން އެ ފްލެޓްތައް ނިންމައި ފްލެޓް ދިނުމަށް ލިޔުން ލިބިފައި ހުރި ހުރިހާ އެންމެންނަށް އެ ތަން ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އާބަންކޯއިން އެ ތަން ނިންމައި އެ ތަނަށް ފްލެޓް ދޭމް ލިޔުން ދީފައިހުރި ހުރިހާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ އެ ފްލެޓްތައް އަޅުގަނޑުމެން ހަވާލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ. ކެމްޕޭން ނިންމައިލުމަށް ރައީސް ސޯސަން ޖަގަހައިގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ މީގެ އިތުރުން ކޭޕާކް ފްލެޓްތަކުގެ މައްސަލައަކީ ވެސް ބޮޑު މައްސަލައެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ ކަމަށް ހައްލެއް ހޯޯދުމުގެ މަޝްވަރާ ކުރިއަށްދާއިރު ޖާހުގެ ފްލެޓްތައް ނިންމާ ގޮޮތަށް އާބަންކޯއިން އެ ތަނާ ހަވާލުވެ، ކޭޕާކް ފްލެޓް ލިބުނު މީހުންނަށް ވެސް އެޕާޓްމަންޓް ދޭނެކަަމަށް ރައީސް ވިދާޅުވިއެވެ. https://sun.mv/181408 ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ޖާހު އިންވެސްޓްމެންޓްސް އިން އިމާރާތް ކުރަމުންދާ "ދަ ގާޑެންސް" ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ކޮންސަލްޓެންޓަކު ހޯދަން މިދިޔަ މަހު އިއުލާނުކޮށްފައިވެއެވެ. ކޮންސްޓްރަކްޝަން ދާއިރާގައި ނަން ހިނގާ ޖައުސާ ކުންފުންޏާ އެއް ކުޑައިގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓްސަށް އެ ބިން ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި، ދެއަހަރު ތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް، މިހާތަނަށް ވެސް އެތަން ނިމިފައި ނުވެއެވެ. އޭގެ ފަހުން އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، ފުލެޓު ގަތް މީހުން ވަނީ އެކި ފަހަރު މަތިން މުޒާހަރާ ވެސް ކޮށްފައެވެ. އަދި އެ މަސައްކަތުގައި އުޅޭ ލޭބަރުން ވެސް އެކި މައްސަލަތަކުގައި ދޭތެރެއަކުން އިހުތިޖާޖު ކުރެއެވެ. އެ މަނިކުފާނު ވިދާޅުވީ މިދިޔަ ހުރިހާ ޒަމާނެއްގައި ވެސް މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މީގެ ކުރިން މާލޭގެ ރައްޔިތުންނަށް ގޯއްޗެއް ދިނުމަށް ވައުދުވާން ކެރުނު ސަރުކާރެއް ނެތްކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ދައުރު ނިމުނުއިރު މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި ގޯތި ދޭން ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑު މިރޭ ވެސް ތިޔަ ބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ އަޅުގަނޑުމެން މި ދައުރުގެ ތެރޭ ފަހެއް ނޮވެމްބަރަށް އިރާދަކުރެއްވިއްޔާ މިހާރު ދޫކޮށްފައިހުރި ހުރިހާ ގޯތިތަކެއް އިން ވަކިކޮށް ބިން ކަނޑައި އެ ބޭފުޅުންނަށް ރަޖިސްޓްރީ ވަކިކޮށްދޭނެ ވާހަކަ،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެ ގޯތިތަކުގައި އިމާރާތްކުރެވޭނެ މަގު ވެސް ފަހިކޮށްދޭނީ އެ މަނިކުފާނުގެ ސަރުކާރުގައި ދެވަނަ ދައުރުގައި ކަމަށެވެ. އެ ވައުދު ދެވަނަ ދައުރުގެ މެނިފެސްޓޯގައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ. ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެ ގޯތިތައް ނުނަގާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ކަން ގަބޫލުކުރާނީ ކިހިނެއްތޯ ރައީސް ސުވާލު އުފެއްދެވިއެވެ. ސަބަބަކީ ކުރިން ގުޅީފަޅުން އެމްޑީޕީ ސަރުކާރުގައި ގޯތި ލިބުނު މީހުން ފައިސާ ދައްކައިފައިވަނިކޮށް 24 ގަޑިއިރު ތެރޭ އެ ރަށަށް ފުލުހުން އަރުވައި މީހުން ބޭލުވުމުން ކަމަށް ރައީސް ވިދާޅުވިއެވެ. "އަނބުރާ ފައިސާކޮޅު ވެސް ނުދިން. ވަންނާނެ ތަނެއް ނެތް. އަޅުގަނޑުމެންނަށް މި ސަރުކާރުން އައިސް އެ ކަން ވެސް ހައްލުކުރީ،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ދެން ވެސް ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދޭނީ މި ސަރުކާރުން ކަމަށެވެ. އެ ކަން ކުރެވޭނީ 30ވަނަ ދުވަހު އެމްޑީޕީއަށް ވޯޓު ދީ އެ މަނިކުފާނަށް ދެވަނަ ދައުރެއް ކަށަވަރުވެެގެންކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ