ބްރެންޓްފޯޑް އަތުން ހަނިގޮތަކަށް މޮޅުވެ އާސެނަލް ލީގު ކަޕްގެ ދެވަނަ ބުރަށް

އިގިރޭސި ލީގުކަޕްގެ ތިންވަނަ ބުރުގައި މިރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން މޮޅުވެ އާސެނަލް އިން މުބާރާތުގެ ދެވަނަ ބުރުން ޖަގަ ހޯދައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު އާސެނަލް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ނެލްސަން އެވެ. މިއީ އެޓީމުގެ ފޯވާޑް އެޑީ އެންކެޓިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި އާސެނަލްގެ ލީޑު ފުޅާކުރުމަށް އެޓީމުގެ އިގިރޭސި މިޑްފީލްޑަރު އެމީލް ސްމިތު ރޯ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ބްރެންޓްފޯޑްގެ ކީއްޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ބްރެންޓްފޯޑް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ޔޯން ވިސާއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މިހާފުގައި އާސެނަލް އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހާވަޓްޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ބޭރަށް ދިޔައިރު، ފަހުހާފުގެ 78 ވަނަ މިނެޓުގައި ބްރެންޓްފޯޑް އިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ލައިންސްމަން އޭރު ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގާފައެވެ. މިއާއެކު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މެޗުގެ ފަހުބައިގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ލީގު ކަޕްގެ ދެވަނަ ބުރުގައި މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި އާސެނަލް ނުކުންނާނީ ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ