ހުކުރު ދުވަހަކީ އިސްލާމީ އުއްމަތަށް ނިޢުމަތުން ފުރިގެންވާ ދުވަހެއް އައު ރައީސް ހުވާ ކުރެއްވުން މިއަދު ހަވީރު! ފަލަސްތީނަށް ނަޞްރަށް އެދި ދުޢާ ކުރި އިމާމަކު ސައުދީ ފުލުހުން ހައްޔަރުކޮށްފި ބީއެމްއެލް އިން މުވައްޒަފުންނަށް ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވ

ދެކުނު އެމެރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި މިހާރު ކުޅެވެމުންދާ ފީފާ ވޯލްޑްކަޕް ކޮލިފައިން ގައި މިއަދު އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ ބަލިވެއްޖެއެވެ.
އަމިއްލަ ގައުމުގައި އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ ބަލިވީ 2-0 ގެ ނަތީޖާއިންނެވެ.
މިއަދުގެ މި މެޗުން އާޖެންޓީނާ ބަލިވިއިރު، މިއީ މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި އެގައުމު މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. އާޖެންޓީނާ އިން މިހާތަނަށް ފަސް މެޗު ކުޅުނުއިރު، އެޓީމުން ވަނީ ހަތަރު މެޗުން މޮޅުވެފައެވެ. މިއަދުގެ މެޗުން ބަލިވި ނަމަވެސް އާޖެންޓީނާ އަދިވެސް އޮތީ ކޮލިފައިން ގުރޫޕުގެ އެއްވަނާގައެވެ. އާޖެންޓީނާ އެއްވަނާގައި އޮތީ މިހާތަނަށް ކުޅުނު ފަސްމެޗުން 12 ޕޮއިންޓް ލިބިގެންނެވެ. އަދި އުރުގުއޭ އޮތީ އެ ޓީމު މިހާތަނަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެން ގުރޫޕުގެ ދެވަނާގައެވެ.
ދެ ޓީމުންވެސް މި މެޗަށް ނުކުތީ ގިނަ މުހިންމު ކުޅުންތެރިންނާއި ވެސް އެކުގައެވެ. އާޖެންޓީނާއަށް ބަލާއިރު، ކެޕްޓަން ލިއޮނެލް މެސީ، މެކް އެލިސްޓާ، އެންޒޯ ފެނާންޑޭޒް، ޑި ޕޯލް ފަދަ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ކުޅެން އެރިއެވެ. އަދި އުރުގުއޭއަށް ބަލާއިރު، ޑާވިން ނުނޭޒް، އަރައުހޯ، ފެޑްރިޗް ވަލްވަރުޑޭ، ރޮނާލްޑް އަރޫހޯ ފަދަ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނެވެ.
މި މެޗުގައި އުރުގުއޭއިން ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް މަތިއަސް ވިނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑް އަރައުހޯއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ޑެލަ ކުރޫޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑާވިން ނޫނޭޒްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ