ފަސީހްގެ ބަންދަށް 15 ދުވަސް
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގައި ފަރުވާ ހޯދާ މީހުންނަށް ޑްރަގްދީގެން ނަހަމަ ގުޅުން ބާއްވަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ފަސީހްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހް (51އ) އެވެ.ކްރިމިނަލް ކޯޓުން ފަސީހްގެ ބަންދަށް މުއްދަތު ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.ފަސީހްއަށް ކުރާ ތުހުމަތާ ގުޅިގެން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ