މި ސަރުކާރުގެ ދެ އަހަރަށް ޔާމީން ދެއްވީ 100 އަކުން ވިހި މާކްސް!
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް 100 އަކުން ދޭނީ 20 މާކްސް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ މި ދެ އަހަރު ދުވަހު މި ސަރުކާރުން ކުރި މަސައްކަތްތަކާއި، ނިކުތް ނަތީޖާއާ މެދު ވާހަކަފުޅުދައްކަވައިފައެވެ.އަދި މި ސަރުކާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ މިންގަނޑެއް ވެސް ރައްޔިތުންނަށް ހުށަހަޅުއްވައިދެއްވައިފަ އެވެ.ޔާމީން ދެއްވި ރޭޓިންއިންޓެގްރިޓީ - 60 އިން 10 މާކްސްރެސްޕޮންސިވްނެސް - 10 އިން ފަސް މާކްސްއެކައުންޓަބިލިޓީ - 10 އިން ސުމެއްޓްރާންސްޕޭރެންސީ - 10 އިން ދެ މާކްސްއެފިޝެންސީ - 10 އިން ތިން މާކްސް"ނަތީޖާ ޝީޓަށް 100 އިން އަޅުގަނޑަށް ދެވެން މި އަންނަނީ 20 މާކްސް. ބިގް ޓައިމް ފެއިލިއާއެއް، ބިގް ޓައިމް ފެއިލިއާއެއް އިނގޭތޯ. އަޅުގަނޑު ބޭނުން މިކުރީ ސައިންޓިފިކް މެތޮޑޮލޮޖީ، އޭގައި ސުވާލެއް ނުއުފުދޭނެ،" ޔާމީން ވިދާޅުވި އެވެ.މި އަންނަ އަހަރުގެ ބަޖެޓަކީ އުފާވެރި ބަޖެޓެއް ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ދަރަނި ނަގައިގެން ކުރާ ކަންކަން ފެންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ."މުއިއްޒުއަށް ރެކޮމެންޑު ކުރަން، މިހާރު ތި ހިސާބު ޖައްސަވާ ގޮތް ރަނގަޅެއް ނޫން. ކަހީނަކު ހޯއްދަވާ. ކަހީނަކު ހޯއްދަވައިގެން ރައްޔިތުން އުފާވެރި ކަންކަން ކުރައްވާ ކަމަށް ވާނީ. އޮފުދާރު ނުކުރައްވާ ރައްޔިތުންނާ ހަމައަށް ތިރިއަށް ވަޑައިގަންނަވާ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ