ކުޅުދުއްފުށި ޕޯޓަށް އިންޑިއާގެ ޓުޓިކޮރިން އިން މުދާ ގެންދަން ފަށައިފި

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހދ. ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު މިއަދު ކުޅުދުއްފުށި ޕޯޓަށް ބަނދަރުކޮށްފި އެެވެ.މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ބުނީ، އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީއަށް ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ފުރަތަމަ ބޯޓު މިއަދު އެރަށުގައި ބަނދަރުކޮށްފައިވާ ކަމަށެވެ.ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ބޯޓަކީ، ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން ދިޔަ "ވީބީ ޕްރޮގްރެސް" ބޯޓެވެ. އެ ބޯޓުން އެ ސިޓީ އަށް ގެންދިޔައީ ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯ ކަމަށް އެމްޕީއެލުން ބުންޏެވެ.އެ ކުންފުނިން ބުނި ގޮތުގައި، މި ވަގުތަށް ތާވަލް ކޮށްފައި ވަނީ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް ކޮންމެ މަހަކު އެއް ދަތުރު ކުރާ ގޮތަށެވެ. އެކަމަކު، މުދާ ގެންދާ އަދަދުގެ މައްޗަށް ބަލައި، ދަތުރުތައް އިތުރު ކުރާނެ ކަމަށް ބުންޏެވެ."ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ސީދާ ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހުމުން، ކުޅުދުފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެ އެވެ،" އެމްޕީއެލުން ލިޔުމުން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ވެ އެވެ.އެމްޕީއެލް މެދުވެރިވެގެން، ޓުޓިކޮރިން އިން އައްޑޫ ހިތަދޫ ޕޯޓަށް ދާއިމީކޮށް މުދާ ގެންދެވޭނެ އިންތިޒާމުތައް މިދިޔަ އަހަރު ވަނީ ރާވައިފަ އެވެ. އެންމެ ފުރަތަމަ މަހަކު އެއް ދަތުރު ހިތަދޫ ޕޯޓަށް ތާވަލް ކުރި ނަމަވެސް، މިހާރު މަހެއްގެ މައްޗަށް ކުރާ ދަތުރުގެ އަދަދު އިތުރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ