ޓްރީ ޓޮޕުގެ ނާސިން ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ސްކޮލަޝިޕް ޕްރޮގްރާމަކީ 2021 އިން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން، ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ތަފްސީލް - މި އަހަރު ވެސް ޑިޕްލޮމާ އިން ނާސިން އަދި ބީއެސްސީ އިން ނާސިން ކޯސްތަކަށް ސްކޮލަޝިޕް ދޭނެ އެވެ. އެގޮތުން:
މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ނާސިން ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދިވެހި ދަރިވަރުންނަށް 
ކުރިމަތިލާ މީހަކީ އެހެން ސްކޮލަޝިޕެއް ލިބިގެން ތައުލީމު ހާސިލުކުރަމުން އަންނަ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން މަރުކަޒަކުން ކިޔަވަމުން އަންނަ ފަރާތަކަށް ވެގެން ނުވާނެ
ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލަށް ކޯހަށް ވަންނަ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް އޮންނާނެ
މި ސްކޮލަޝިޕަށް ކުރިމަތިލުމަށް:
ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތު - މި މަހުގެ 15 އިން 30އަށް
ސްކޮލަޝިޕަށް އެދި ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް - [email protected]
މި ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު - 7350642
ފާހަގަކޮށްލެވޭ - މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވެ އެވެ. އޭގެ ތެރެއިން 7 ނަރުހަކު މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ