ނިއުކާސަލް (ސެޕްޓެމްބަރު 12) - ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ނިއުކާސަލް ޔުނައިޓެޑާއި ބާސެލޯނާ ބައްދަލުކުރަން އޮތް މެޗަށް ދިއުމަށް ހައި ސްކޫލް އޮފް ޑަންޑީ އިން ގަތް 45 ޓިކެޓް ކެންސަލް ކުރަން ނިއުކާސަލް އިން ނިންމައިފި އެވެ.
ބާސެލޯނާއާ ދެކޮޅަށް ނިއުކާސަލް އިން ކުޅޭ ހޯމް މެޗު އޮތީ މި މަހު 18 ވަނަ ދުވަހު އެވެ. އެ މެޗުގެ 45 ޓިކެޓް، ޑަންޑީ ހައި ސްކޫލުން ވަރަށް ދުރާލާ ގަތްއިރު، އެ މެޗުގެ ޓިކެޓް ހޯދުމަށް، ނިއުކާސަލް ސަރަހައްދަށް ނިސްބަތްވާ 110،000 މީހުން އޮންލައިން ކިއުއެއް ހަދާފައިވެ އެވެ.
ޑަންޑީ ހައި ސްކޫލްގެ ތަރުޖަމާނު ބުނެފައިވަނީ، ރަނގަޅު އުސޫލުގެ ތެރެއިން، އެ ސްކޫލުން ޓިކެޓް ގަތީ، އެ ކަމަށް އެކި ފަރާތްތަކުން އެދުމުން ކަމަށާއި އެކަމަކު، މިހާރު ނިއުކާސަލް އިން ވަނީ އެ ޓިކެޓްތައް ކެންސަލްކޮށްފައިވާ ކަމަށް އަންގާފައި ކަމަށެވެ.
އެކަމަކު، ރިޕޯޓްތައް ބުނާގޮތުން،، ޑަންޑީ ހަައި ސްކޫލުން އެ ޓިކެޓްތައް ގަތީ، ނިއުކާސަލްގެ ބައެއް ސީޒަން ޓިކެޓް ހޯލްޑަރުން އަތުންނެވެ. އެހެންވެ، އެކަން ބެލުމަށް ފަހު، އެ މީހުންގެ ސީޒަން ޓިކެޓްތައް ވެސް ކެންސަލްކޮށް، ޑަންޑީ ހައި ސްކޫލަށް ވިއްކި ޓިކެޓްތައް ވެސް ކެންސަލްކުރަން ނިއުކާސަލް އިން ނިންމީ އެވެ.
ނިއުކާސަލް އިން މީގެ އެއް އަހަރު ކުރިން، ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާ ކުޅޭ މެޗު ބެލުމަށް ވެސް ޑަންޑީ ހައި ސްކޫލުން ކުދިން އައިސްފައިވެ އެވެ.
ގަވާއިދާ ހިލާފަށް ޓިކެޓް ވިއްކުމުގައި އުޅޭތީ، ނިއުކާސަލްގެ 78 ސީޒަން ޓިކެޓް ހޯލްޑަރުންގެ މެމްބަޝިޕް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ނިއުކާސަލް އާއި ބާސެލޯނާ ބައްދަލުކުރާ މެޗުގެ ޓިކެޓްތައް އޮންލައިންކޮށް ހެކްކޮށްގެން ހޯދަން ވެސް ބައެއް ސަޕޯޓަރުން ވަނީ މަސައްކަތްކޮށްފަ އެވެ. ނިއުކާސަލް އޮފިޝަަލަކު ބުނީ، އެ ކްލަބްގެ ޓިކެޓް ބުކިން ޕޯޓަލް އަށް 130،000 ބޮޓް އެޓެމްޕްޓްވެސް އައި ކަމަށެވެ.
ސްކޫލަކުން ގަތް 45 ޓިކެޓް ނިއުކާސަލް އިން ކެންސަލްކޮށްފި ސްކޫލަކުން ގަތް 45 ޓިކެޓް ނިއުކާސަލް އިން ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ