ޖެނުއަރީ 1، 2007، ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުން ކުރުން މަނާ ކުރާ ގާނޫނަށް އަމަލުކުރަން ފަށައިފި އެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ތައާރަފު މި ކުރަަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ ކަމަށް ބުނާ މަސައްކަތްތަކުގެ ތެރެއިންނެވެ.
ޖެނުއަރީ 1، 2007، އިން ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވުމުގެ އިތުރުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި އިސްތިހާރު ކުރުމާއި ދިނުން ވެސް ގާނޫނުގެ ދަށުން މަނާ ވާނެ އެވެ.
ގާނޫނުގައި ބަޔާން ކުރާ ގޮތަށް، ޖެނުއަރީ 1، 2007، ގައި އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާވާއިރު އޭގެ ތެރެއިން ބައެއް ކުދިންނަށް މިހާރު ހުންނާނީ 18 އަހަރު ފުރިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ދުންފަތުގެ އިސްތިއުމާލު ކުރާނެ އެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ދުންފަތް ގަންނަނީ ޖެނުއަރީ 1، 2007، ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރު ކުރުމަކީ ދުންފަތް ވިއްކާ ފަރާތެއްގެ ޒިންމާއެކެވެ. ދުންފަތް ބޭނުން ނުކުރެވޭނެ އުުމުރުގެ މީހެއް ކަމަށް ޝައްކު ކުރެވޭ ނަމަ އެމީހެއްގެ އައިޑީ ކާޑު ދައްކަން ވިއްކާ ފަރާތަށް އެންގިދާނެ އެވެ.
ގާނޫނުގެ ދަށުން، 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތް ވިއްކުމުގެ މުއާމަލާތެއްްގއި ހަރަކާތްތެރިނުވެވޭނެ އެވެ. އަދި ގާނޫނަށް ގެނައި ބަދަލުގެ ދަށުން، ދުންފަތް ވިއްކޭނީ، އެކަމަށް ހާއްސަކޮށް ރަޖިސްޓްރީކޮށްގެންނެވެ.
މީގެ ކުރިން ޑިސެމްބަރު، 2024، އިން ފެށިގެން ސަރުކާރުން ވަނީ ދުންފަތުގެ ޓެކްސް ބޮޑުކޮށް، ވޭޕް މަނާކޮށްފަ އެވެ. އޭގެ ފަހުން ވަގު ސިނގިރޭޓު އެތެރެ ކުރާ މިންވަރު އިންތިހާއަށް ވަނީ އިތުރުވެފަ އެވެ.
ހުލާސާކޮށް އިއްޔެ: ދުންފަތުގެ ޖެނެރޭޝަނަލް ބޭންއަށް އަމަލު ކުރަން ފެށުން ހުލާސާކޮށް އިއްޔެ: ދުންފަތުގެ ޖެނެރޭޝަނަލް ބޭންއަށް އަމަލު ކުރަން ފެށުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ