މެންޗެސްޓާ (ނޮވެމްބަރު 1) - މެންޗެސްޓާ ޔުނައިޓެޑާ މި ސީޒަނުގައި ގުޅުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކެމަރޫންގެ ފޯވާޑް، ބްރަޔާން އެމްބެއުމޯ އަށް ހަތަރު ކްލަބެއްގެ އޮފާ ލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑުން އެމްބެއުމޯގެ ސޮއި ހޯދީ ތިން ވަނަ ބިޑެއް ކާމިޔާބު ކޮށްގެންނެވެ.
އުމުރުން 25 އަހަރުގެ އެމްބެއުމޯ ގަންނަން ޔުނައިޓެޑުން ފުރަތަމަ ކުރި ދެ ބިޑް ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ޔުނައިޓެޑުން ފުރަތަމަ ކުރި 75 މިލިއަން ޑޮލަރުގެ ބިޑު ބްރެންޓްފޯޑުން އަނބުރާ ފޮނުވާލިއިިރު، ދެ ވަނަ އަށް ކުރި ބިޑްގެ ޖުމްލަ އަގަކީ، 81 މިލިއަން ޑޮލަރު އެވެ. އެމްބެއުމޯގެ ސޮއި ހޯދަން ޔުނައިޓެޑުން ކުރި ބިޑްގެ އަގު އުޅެނީ، 80 މިލިއަން ޑޮލަރުގަ އެވެ. އަދި، އެމްބެއުމޯ، ޔުނައިޓެޑުގައި ހުރެ ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު ފަސް މިލިއަން ޑޮލަރު ދައްކާނެ އެވެ.
އިނގިރޭސި ބައެެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން ވަނީ ފަހު ވަގުތު އެމްބެއުމޯގެ ޑީލް އެ ޓީމު ކޮޅަށް އަނބުރާލަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ޗެލްސީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، އެމްބެއުމޯ ވަނީ ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް އައުމުގެ ކުރިން، ލިވަޕޫލްގެ އިތުރުން، އާސެނަލް، ޓޮޓެންހަމް އަދި ނިއުކާސަލް ޔުނައިޓެޑާ އެކު މަޝްވަރާތަކެއް ގެންގޮސްފަ އެެވެ. އެކަމަކު، އޭގެއިން އެއްވެސް ކްލަބަކަށް ބަދަލުނުވާން އެމްބެއުމޯ ނިންމައިގެން ހުރީ ޔުނައިޓެޑުން އޭނާ އަށް ހުށަހެޅި ޕްރޮޕޯސަލް ރަނގަޅުވުމުންނެވެ.
މި ސީޒަނުގައި ޔުނައިޓެޑާ ގުޅި އެމްބެއުމޯ ވަނީ 10 މެޗުން ފަސް ލަނޑު ޖަހައި، އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އެމްބެއުމޯ، ޔުނައިޓެޑާ ގުޅުނީ ހަތަރު ކްލަބެއްގެ އޮފާ ދޫކޮށްލައިފައި އެމްބެއުމޯ، ޔުނައިޓެޑާ ގުޅުނީ ހަތަރު ކްލަބެއްގެ އޮފާ ދޫކޮށްލައިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ