ލަންޑަން (ނޮވެމްބަރު 1) - ޓެނިހުގެ ގްރޭންޑްސްލޭމް ހަތަރު މުބާރާތުގައި އިނާމް ފައިސާ އިތުރުކުރަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭހެން ޑިމާންޑްތަކެއް ކޮށްފި އެވެ.
ޓެނިސް ސީޒަނެއްގައި ގްރޭންޑް ސްލޭމް ހަތަރު މުބާރާތް ކުރިއަށްދެ އެވެ. އެއީ، އޮސްޓްރޭލިއަން އޯޕަން، ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން އެވެ. މި މުބާރާތްތަކުގައި އިނާމް ފައިސާ އަށް މިހާރު ދެމުން އަންނަ މިންވަރު މަދުވުމުން، މަޝްހޫރު ކުޅުންތެރިން ހިމެނޭހެން 20 ކުޅުންތެރިއަކު ވަނީ މުބާރާތްތައް އޮގަނައިޒްކުރާ ފަރާތްތަކަށް، އިނާމް ފައިސާ އިތުރުކޮށްދިނުމުގެ މަޝްވަރާތައް ކުރަން ޕެޓިޝަނެއްގައި ސޮއިކޮށް ހުށަހަޅައިފަ އެވެ.
ޑިމާންޑްތަކާ އެކު، ޔޫއެސް އޯޕަންގެ އިނާމް ފައިސާ މިދިޔަ އަހަރު ވަނީ 20 ޕަސެންޓް އިތުރުކޮށްފަ އެވެ. މި ބަދަލާ އެކު، ޖުމްލަ 90 މިލިއަން ޑޮލަރުގެ ފައިސާ އިނާމްގެ ގޮތުގައި ބަހާނެ އެވެ. ޔޫއެސް އޯޕަންގެ ފިރިހެން ޗެމްޕިއަަނަށް ފަސް މިލިއަން ޑޮލަރު ލިބުނުއިރު، އަންހެން ޗެމްޕިއަނަށް އެއް މިލިއަން ޑޮލަރު ދިނެވެ. މިއީ ހުރިހާ ގްރޭންޑްސްލޭމްތަކެއްގެ ތެރެއިން އެންމެ ގިނައިން އިނާމް ފައިސާ ދޭ މުބާރާތެވެ.
ދުނިޔޭގެ އަންހެން އެއް ވަނަ ޓެނިސް ތަރި، ބެލަރޫސްގެ އަރީނާ ސަބަލެންކާ އަކީ ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ، ގްރޭންޑް ސްލޭމް މުބާރާތްތައް އިންތިޒާމްކުރާ ފަރާތްތަކުން މަޝްވަރާގެ މޭޒަށް އައިސް، ކުޅުންތެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަށީގެންވާ ރަނގަޅު ހައްލެއް އިނާމް ފައިސާގެ ކަންކަމަށް ގެންނަން ނިންމުމަށް ގޮވާލައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ގްރޭންޑްސްލޭމް މުބާރާތްތައް އޮގަނައިޒްކުރާ ފަރާތްތަކުން އޮތީ މި މަޝްވަރާތައް ކުރުމަށް ތައްޔާރަށެވެ.
ގްރޭންޑްސްލޭމް ޓެނިސް މުބާރާތްތަކުގައި އިނާމް ފައިސާ ބޮޑުކުރަން ޑިމާންޑެއް ގްރޭންޑްސްލޭމް ޓެނިސް މުބާރާތްތަކުގައި އިނާމް ފައިސާ ބޮޑުކުރަން ޑިމާންޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ