މައުމޫން 12 އަހަރަށް ޖަލަށް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަބްދުﷲ މައުމޫން 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭސީސީ އިން ފޮނުވި މައްސަލަތައް ދިރާސާކުރުމަށްފަހު ދައުލަތުން ވަނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލާފަ އެވެ.
މައުމޫނަށް ކުރާ ދައުވާތައް
ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާމަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާކުށެއް ކުރަން އެދުމުގެ ދައުވާކުށެއް ކުރަން ރޭވުމުގެ ދައުވާރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާ
މައުމޫން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވުމުންނެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު މައުމޫނަށް ކުރި ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ އެ ދުވަސްވަރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އޭގެފަހުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އޭނާގެ އާއިލީ ބައެއް މީހުންނާއި އޭނާއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ބުނެ އެވެ. މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ވަދެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ސާބިތުވެއްޖެ ނަމަ 22 އަހަރުގެ ހުކުމެއް މައުމޫންގެ މައްޗަށް އައުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ