ގޭތެރޭގެ އިންޓީރިއާ މަސައްކަތުގައި މަގުބޫލުކަން ހޯދާފައިވާ ގަވިން އިން ބާޒާރު ގަވިންގެ ނަމުގައި މާލޭ ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ކައިރީގައި ހުޅުވި ފިހާރައާއެކު ރަށްރަށަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް ފަސޭހަވެފައިވާ ކަމަށް އެތަނުން ބުނެފި އެވެ.
ގަވިން އިން ބުނީ އަލަށް ހުޅުވި ބާޒާރު ގަވިން މެދުވެރިކޮށް އިންޓީރިއާއިން ފެށިގެން ފަރުނީޗަރާއި ހާޑްވެއާ ސާމާނުތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފަސޭހަކަމާއެކު ދެމުންދާ ކަމަށެވެ.
އެގޮތުން އެންމެ ފަހުގެ ޑިޒައިންތަކުގެ ފިލާ، ވޯލް ޕެނަލް ރައްކާތެރިކަމާއެކު ޑެލިވަރީ ކުރުމަކީ ގަވިންއަށް އެއްވެސް އުނދަގުލެއް އޮތް ކަމެއް ނޫން ކަމަށް އެ ފިހާރައިން ބުންނެވެ.
ގަވިން އިން އަންނަނީ ބަދިގޭގެ އިތުރުން ގޭގެ އެކި ތަންތަނަށް ބޭނުންވާ ފަރުނީޗަރުތައް ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑިޒައިންކޮށް ޖަހާފައި ރަށްރަށަށް ފޮނުވުމުގެ ހިދުމަތް ދެމުންނެވެ.
މ. އަރީކާ ގްރައުންޑް ފްލޯގައި ހުންނަ ބާޒާރު ގަވިން އިން އުނދުން، ހުޑް، މައިކްރޯވޭވްފަދަ އެކި ސާމާނުތައް ލިބެން އެބަހުއްޓެވެ.
ބާޒާރު ގަވިން ހުޅުވުމުގެ އަމާޒަކީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެތަނުން ދޭ ހިދުމަތްތައް ފަސޭހަކަމާއެކީ ފޯރުކޮށްދިނުން ކަމަށް އެ ފިހާރައިން ބުންޏެވެ. އެ ފިހާރައިން ދޭ ހިދުމަތާއި ވިއްކާ ތަކެއްޗާ ބެހޭ މައުލޫމާތު ހޯދުމަށް 9428899 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
ބާޒާރު ގަވިންއާއެކު ރަށްރަށަށް ޑެލިވަރީކުރުމުގެ ހިދުމަތް ފަސޭހަވެއްޖެ ބާޒާރު ގަވިންއާއެކު ރަށްރަށަށް ޑެލިވަރީކުރުމުގެ ހިދުމަތް ފަސޭހަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ