'މޯލްޑިވްސް ރޮކެޓްރީ ޗެލެންޖް'އާ އެކު، ފުރަތަމަ ފަހަރަށް ރޮކެޓްތައް ޖައްވަށް ދޫކޮށްލަން، ދިވެހިން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟- ރާއްޖޭގެ ރަސްމީ ޖައްވީ ޖަމިއްޔާގެ ގޮތުގައި މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން މި ޗެލެންޖު ފަށަން ނިންމާފައިވަނީ އިޓަލީގެ އެކަމާ ގުޅޭ ޖަމިއްޔާއަކާ އެކު އެވެ. މިއީ:
އެމްއެސްއާރުއޯގެ އިތުރުން އިޓަލީގެ ޕަޑުއާ ޔުނިވަސިޓީގެ އެއޮރޯސްޕޭސް އިންޖިނިއަރިންގެ ޓީމު 'ވެކްޓަރިން ސްޕޭސް' އާއި ވިލާކޮލެޖް ގުޅިގެން ފަށާ ޕްރޮގްރާމެއް
މި ޕްރޮގްރާމްގެ ދަށުން ބައިވެރިން މިހާރު އަންނަނީ މާލެ އާއި އައްޑޫގައި ހިންގާ ވޯކްޝޮޕްތަކެއް ފުރިހަމަކޮށް ކަންކަން ދަސްކުރަމުން. ވޯކްޝޮޕްތައް ނިމޭނީ އަންނަ މަހުގެ މެދުތެރޭގައި
އެއަށް ފަހު ކުދި ރޮކެޓްތަކެއް ހަދައި، ޖައްވަށް ދޫކޮށްލާނެ
މި ރޮކެޓްތައް ފްލައިޓް ޑާޓާއެއްކޮށް، މަތިން ކަނޑު ދިރާސާކުރުމަށް އިމޭޖިން ސިސްޓަމް ޓެސްޓު ކުރާނެ
ރޮކެޓްތައް ތިރިކުރާނީ ކަނޑަށް. އަދި ލޯންޗު ކުރުމަށް ފަހު އެ ރޮކެޓްތައް ކަނޑުމަތިން ހޯދައި، ރިކަވާ ކުރަން ވެސް މި ޕްރޮގްރާމްގައި ދަސްކުރާނެ
މި ރޮކެޓްތަކުގައި ބޭނުން ކުރާނީ، ޕޮޓޭސިއަމް ނައިޓްރޭޓް އާއި ސޯބިޓޮލް އިން ހަދާފައި ހުންނަ ހާއްސަ ރޮކެޓް ފިއުލްއެއް
"އިޓަލީގައި ފެށުނު ކަމެއް ރާއްޖެއާ ހަމައަށް މި ފޯރީ. ދިވެހިން މިހާރު މި ތައްޔާރުވަނީ ފުރަތަމަ ފަހަރަށް ޖައްވަށް ރޮކެޓެއް އުދުއްސާލަން،" މި ޕްރޮޖެކްޓުގައި އިސްކޮށް މަސައްކަތް ކުރާ، ވެކްޓަރިން ސްޕޭސްގެ އެންޑްރިއާ ޕަގްނީ ބުންޏެވެ.
"އުއްމީދުކުރަނީ މީގެ ސަބަބުން ޖައްވު ދިރާސާކުރުމަށް އިތުރު ދިވެހި ޒުވާނުންތަކެއް ޝައުގުވެރިވާނެ ކަމަށް."
އެނގުން މުހިއްމު - ދިވެހި ޒުވާނުންތަކެއް އިސްވެ ހިންގާ، އެމްއެސްއާރުއޯ ވުޖޫދަށް އައީ 2022 ވަނަ އަހަރެވެ. މި ޖަމިއްޔާ މަސައްކަތް ކުރަނީ އެމްއެންޑީއެފާއި އިޓަލީގެ ކުންފުންޏެއް ކަމަށްވާ ޒޮޕާސް އިންޑަސްޓްރީއާ ގުޅިގެންނެވެ.
ފުރަތަމަ ފަހަރަށް ރޮކެޓްތައް ޖައްވަށް ދޫކޮށްލަން، ދިވެހިން ތައްޔާރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ