ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ފޮޓޯއެއް ލީކު ކޮށްލި ކަމަށް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެ ފޯނުގައި ހުރި ފޮޓޯތައް ބެލުމުގައި ފުލުހުން 36 މިނެޓު ހޭދަކުރިކަން ހާމަވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުކޮށް، ޝިމަންގެ ފޯނު ފުލުހުން ޖަހައިގަތީ ކޯޓު އަމުރެއް އޮތް ކަމަށް ބުނެ ބުދަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. އޭނާގެ ފޯނު ފުލުހުން ދޫކޮށްލީ އިއްޔެ އެވެ.
ފުލުހުން ފޯނު ދޫކޮށްލުމުން އެ ފޯނުގެ ބެޓަރީ ޔޫސޭޖު އަދި އެކްޓިވިޓީ ޑޭޓާތައް ބެލިއިރު އެންމެ ފަހުން ފޯނު ހުޅުވައި ސްކްރީން އޮންކޮށްގެން ބޭނުންކޮށްފައިވަނީ 47 މިނެޓު ވަންދެންކަން ހާމަވެ އެވެ. ފޯނު ހުޅުވި ކަމަށް ދައްކަނީ ބުރާސްފަތި ދުވަހު އެވެ.
އޭރު ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ތެރެއިން 36 މިނެޓު ގޫގުލް ފޮޓޯސް އެޕް ހުޅުވައިގެން ހޭވިކަމަށް ފެންނައިރު އައިފޯންގެ ފޮޓޯސް އެޕް ތިން މިނެޓު ވަންދެން ބަލާފައިވާކަން އެނގެ އެވެ. ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ޝިމަންގެ ފޯނު ނުހުޅުވާކަން އެނގެ އެވެ.
ހުލާސާކޮށް އިއްޔެ: ފުލުހުން ޝިމަންގެ ފޮޓޯތައް ހޭވިކަން ފޯނުގެ ޑޭޓާއިން ހާމަވުން ހުލާސާކޮށް އިއްޔެ: ފުލުހުން ޝިމަންގެ ފޮޓޯތައް ހޭވިކަން ފޯނުގެ ޑޭޓާއިން ހާމަވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ