ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އޮންނަ އުސޫލުގެ ތެރެއިން މި އަހަރު ފަސް ސިޔާސީ ޕާޓީއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރުމަށް، ޕާޓީތަކުގެ ބޭންކު އެކައުންޓްތަކަށް ޖަމާކުރުމަށް ބޭންކުތަކަށް މިއަދު ފޮނުވައިފި އެވެ.
އެނގުން މުހިންމު - ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން:
10،000 ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭ
ޕާޓީތަކަށް ދެނީ ދައުލަތުގެ ބަޖެޓުގެ %0.1
ވީކިހިނެއް؟ - އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި އަހަރުގެ ފައިސާ ދޫކުރުމަށް ކުރިން ކަނޑައެޅި ގޮތަށް ފައިސާ ޖަމާކުރުމަށް ބޭންކުތަކަށް ފޮނުވިކަން، އެ ކޮމިޝަނުގެ ވެބްސައިޓްގައި މިއަދު ލިޔެފައިވެ އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކުރި ބަޖެޓު ފާސްކުރިއިރު 10،000 މެންބަރުން ހަމަވެގެން ޝަރުތު ހަމަވީ ފަސް ޕާޓީއަކަށް ކަން އީސީން ފާހަގަކޮށްފައިވެ އެވެ.
ފައިސާ ދޫކުރި ޕާޓީތަކާއި ދޫކުރި އަދަދަކީ:
ޕީއެންސީ (ވެރިކަންކުރާ ޕާޓީ) - 13.3 މިލިއަން ރުފިޔާ
އެމްޑީޕީ (އިދިކޮޅު މައި ޕާޓީ) - 8.5 މިލިއަން ރުފިޔާ
ޖުމްހޫރީ ޕާޓީ - 2.7 މިލިއަން ރުފިޔާ
އެމްޑީއޭ - 1.8 މިލިއަން ރުފިޔާ
އަދާލަތު ޕާޓީ - 1.7 މިލިއަން ރުފިޔާ
ފާހަކޮށްލެވޭކަމެއް - މިދިޔަ އަހަރުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ހަ ސިޔާސީ ޕާޓީއަކަށް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި މި ފަހުން އުވާލި ޕީޕީއެމް ހިމެނޭ ގޮތަށް މި ފަހަރު ފައިސާ ދޭން ނިންމި ފަސް ޕާޓީ ވެސް ހިމެނެ އެވެ.
ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި؛ ޕީއެންސީއަށް 13 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ