76 މިލިއަން ޑޮލަރާ އެކު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފޯމިއުލާ 1 ޑްރައިވަރަކަށް ވާސްޓެޕަން 76 މިލިއަން ޑޮލަރާ އެކު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފޯމިއުލާ 1 ޑްރައިވަރަކަށް ވާސްޓެޕަން

އަމްސްޓެޑަމް، ނެދަލެންޑްސް (ޑިސެމްބަރު 11) - އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފޯމިއުލާ 1 ޑްރައިވަރަކަށް ރެޑްބުލްގެ ނެދަލެންޑްސް ތަރި، މެކްސް ވާސްޓެޕަން ވެއްޖެ އެވެ.
ވާސްޓެޕަން، 28 ވަނީ މި ފަހަރުގެ ފޯމިއުލާ 1 ސީޒަނުގައި ޖުމްލަ އެކު، 76 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. ލެޖެންޑަރީ ރޭސަރު، މައިކަލް ޝޫމަކާ، ޖެހިޖެހިގެން ފަސް އަހަރު ފޯމިއުލާ 1 ކާމިޔާބުކޮށް ހަދާފައި އޮތް ރެކޯޑާ ހަމަކުރުމުގެ އަމާޒުގައި އަހަރުގެ ފަހު ރޭސް، އަބޫ ދާބީ ގްރޯން ޕްރީ އަށް ނުކުމެ، ވާސްޓެޕަން އެ ރޭހުން މޮޅުވި އެވެ. އެކަމަކު، ސީޒަނުގައި ދިޔައީ ދެ ވަނަ އެވެ.
އެންމެ ބޮޑު އާމްދަނީއެއް ވާސްޓެޕަން ހޯދިއިރު، އޭގެ ތަފްސީލަކީ، މުސާރައިގެ ގޮތުގައި 65 މިލިއަން ޑޮލަރާއި ބޯނަހުގެ ގޮތުގައި 11 މިލިއަން ޑޮލަރެެވެ. ދެ ވަނަ އަށް ދިޔައީ، ހަތް ފަހަރު ފޯމިއުލާ 1 ކާމިޔާބުކޮށް މި ފަހަރުގެ ސީޒަން ހަ ވަނައިގައި ނިންމި ލެވިސް ހަމިލްޓަން އެވެ. އޭނާ އަށް ޖުމްލަ އެކު، 70.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ތިން ވަނަ އަށް ދިޔަ ނޮރިސް އަށް ލިބިފައިވަނީ، 57.5 މިލިއަން ޑޮލަރެވެ. އޮސްކާ ޕިއާސްޓްރީ، ހަތަރެއްގައި އޮތީ 37.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އެވެ.
އިނގިރޭސިވިލާތުގެ ލާންޑޯ ނޮރިސް، ފޯމިއުލާ 1 ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދީ، އަބޫ ދާބީ ގްރޯން ޕްރީގައި، ޕޯޑިއަމް ފިނިޝް އެއް ހޯދައިގެންނެވެ. ވާސްޓެޕަން އަށް އަށް ފޯމިއުލާ ވަން ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ ނޮރިސް ހަތަރު ވަނަ އަށް ނޫނީ އެ އަށް ވުރެން ދަށުން ނިންމައި، ވާސްޓެޕަން މި ރޭސް ކާމިޔާބުކުރެވިއްޖެނަމަ އެވެ. އެކަމަކު، ރެޑްބުލްގެ ރޭސަރު، ވާސްޓެޕަން، އަބޫ ދާބީ ގްރޯން ޕްރީ ކާމިޔާބުކުރިއިރު، ނޮރިސް ދިޔައީ ތިން ވަަނަ އެވެ. އަހަރުގެ ފަހު ރޭސް ނިންމާލިއިރު، ނޮރިސް އަށް ކުރި ލިބުނީ ދެ ޕޮއިންޓުންނެވެ.
މި އަހަރު އެންމެ ގިނަ ރޭސް ކާމިޔާބުކުރި، ވާސްޓެޕަން އަށް އަށް ރޭސް ކާމިޔާބުކޮށް 15 ޕޯޑިއަމް ފިނިޝްއާ އެކު، 421 ޕޮއިންޓް ލިބުނެވެ. ނޮރިސް، އެއް ވަނަ އަށް ދިޔައީ، ހަތް ރޭސް ކާމިޔާބުކޮށް 18 ޕޯޑިއަމް ފިނިޝްއާ އެކު، 423 ޕޮއިންޓެވެ. ތިން ވަަނަ އަށް ދިޔަ، އޮސްކާ ޕިއާސްޓްރީ އަށް ހަތް ރޭހާއި 16 ޕޯޑިއަމް ފިނިޝް ކާމިޔާބުކޮށް، 410 ޕޮއިންޓް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ