މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅުނު މުހައްމަދު ފާސިރު (ފާއްޓެ)ގެ ގޯލާ އެކު، 3-1 އިން ކްލަބް ވެލެންސިއާ ބަަލިކޮށް، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު، ނިއު އިން މޮޅަކުން ފަށައިފި އެވެ.
ނިއު އިން ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު، ފަހު ތިން މެޗުން މޮޅެއް ނުލިބި އެވެ. ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުވިއިރު، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވީ ބައްޔެވެ. ލީގުގެ ތިން ވަަނައިގައި ނިއު އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ. އެއީ، ދެ ވަަނައިގައި އޮތް އޮޑި އަށް ވުރެން ފަސް ޕޮއިންޓް އަދި އެއް ވަނައިގައި އޮތް މާޒިޔާ އަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުުނު މެޗުގެ ފުރަތަމަ ފަސް މިނިޓް ތެރޭގައި، ވެލެންސިއާ އަށް ލިބުނު ދެ ކޯނަރެއްގައި، ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް، މި ފަހަރުގެ ޓްރާންސްފާގައި ނިއުއާ ގުޅުނު ގައުމީ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނެވެ.
ނިއު އިން މެޗުގައި ލީޑުނެގީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ޖެހި ގޯލުންނެވެ. ވެލެންސިއާގެ ޑިފެންޑަރުން ސަލާމަތްކުރި ބޯޅައެއް އޭރިއާބޭރުގައި ހުރި ޑަ ސިލްވާ އަށް ލިބުމުން އޭނާ ވަނީ ބާރު ހަމަލާއަކުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ދެ ވަނަ ހާފަށް ނިއު އިން ނުކުތީ ބަދަލަކާ އެކު އެވެ. އެ ގޮތުން، ފާއްޓޭ ވަނީ ކުޅެން ނުކުމެފަ އެވެ. ކުޅެން އެރިތާ މާ ލަސްތަކެއް ނުވެ، ފާއްޓޭ ވަނީ ނިއުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ދުވެފައި އައިސް އެއް ފަަހަރުން ފާއްޓެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ، 2009 ވަަަނަ އަހަރު އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް) އަށް ކުޅުނު ފަހުން ފުރަަތަމަ ޑިވިޝަނުގައި ފާއްޓެ ކުޅުނު ފުރަތަމަ މެޗެވެ.
ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ އަރިމަތިން އަަރައި ނަގައިދިން ހުރަހެއް ނިއުގެ ޑިފެންޑަރުން ތެރެއިން އައިސް ގޯލު ކުރިމަތީގައި ހުރި، އައިދު މުހައްމަދު ޖަވީޒަށް ލިބުނުއިރު އޭނާ ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.
ނިއު އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއްގައި، އޭރިއާތެރެއިން ނިއުގެ އިރުފާން މުހައްމަދު (އިރޭ) ފޮނުވާލި ޝޮޓެއް ރީބައުންސްވެގެން އައި ވަގުތު ހަންނަ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
ފާއްޓެގެ ގޯލާ އެކު ނިއު އިން ވެލެންސިއާ އަތުން މޮޅުވެއްޖެ ފާއްޓެގެ ގޯލާ އެކު ނިއު އިން ވެލެންސިއާ އަތުން މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ