އައު އަހަރު ފާހަގަކުރުމަށް ބާއްވަން އުޅުނު ކުޑަކުދިންގެ ހަވީރު ކެންސަލް

އައު އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ކެންސަލްވެއްޖެއެވެ.
މި ކުޑަކުދިންގެ ހަވީރު ކެންސަލް ކޮށްފައި ވަނީ މޫސުން ގޯސްވުމާއި ގުޅިގެންނެވެ. މޫސުން ގޯސްވުމާއި ގުޅިގެން އައު އަހަރާއި ގުޅިގެން ބާއްވަން ރޭވި މިއުޒިކް ފެސްޓިވަލް ވެސް ވަނީ ފަސްކޮށްފައެވެ.
އައު އަހަރާއި ގުޅިގެން ރާވާފައިވާ ހަރަކާތްތައް ފަސްކޮށްފައިވީ ނަމަވެސް މި ހަރަކާތްތައް އަލުން ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން ބުނީ މި ހަރަކާތްތައް ކުރިއަށް ގެންދާނެ ދުވަހެއް އެ މިނިސްޓްރީން ފަހުން ހާމަކުރާނެ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ރެއިން ފެށިގެން ހުއްޓުމެއް ނެތި މާލެ އަށް ދަނީ ވާރޭ ވެހެމުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ