ރައްޔިތުންގެ ވިސްނުމަކަށް ހަދަންވީ މުޅި ރާއްޖެ ތަރައްޤީކޮށް އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުން!: ރައީސް ޑރ. މުޢިއްޒު

އަޅުގަނޑުމެން ވަޤުތު ބޭކާރު ކޯށްލާނެ ކަމެއްނެތް. މި މާލޭގެ ރައްޔިތުން އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް މުހިއްމު ވެފައިވާ މި ގެދޮރުވެރިކަމުގެ މައްސަލަ ބާރު ސްޕީޑުގަ ގެންގޮސް އެންމެ ފުރިހަމަޔަށް ހައްލު ކުރުން އަޅުގަނޑުމެންގެ  ވިސްނުމުގަ ބާއްވަންވީ. އޭގެ ބަދަލުގަ ރެއާ ދުވާލު ސަރުކާރުން ބިލެއް ހުށައަޅާއިރަށް ބޭރުކޮށްލާ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަންވެގެން ބޭރުގެ އެހީއެއް ހޯދަން ހުއްދައަކަށް އަހާލާއިރުގަ، އެކަން އެޖެންޑާ ނުކޮށްދީ އެތައް ދުވަހެއް ބޭކާރު ކޮށްލާ މަޖިލީހުންއެކަން އެކި ގޮތްގޮތަށް އުނދަގޫ ކޮށް ރައްޔިތުން ބިކަ ކުރުމުގެ ފުރުސަތު ދިނުން، މިފަދަ ކަންކަމަށް އަޅުގަނޑުމެން މި މަޖްލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ. އަދި ޔަޤީން އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން މިނިވަން ކަމާއެކީގަ ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ އަމިއްލަ ވިސްނުމުން ވިސްނައިފި ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެ އެގޮތަށް އަޅުގަޑުމެން މަޖްލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ނަތްކަން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ