މާދަމާ ހެނދުނު ހުޅުމާލެ އާއި ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ

މާދަމާ ހެނދުނު 6:00 އިން 6:30 ދެމެދުގެ ވަގުތެއްގައި ހުޅުމާލެ އާއި ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން އަންގަ އެވެ.
މާދަމާ ހެނދުނުގެ ވަގުތެއްގައި ހުޅުމާލެއާއި ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. 
މުޅި މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯއިން ބުނީ، މާދަމާ ހެނދުނު 6:00 އިން 6:30 އާ ދެމެދު، ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތެއް ކުރުމަށްޓަކާ އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށެވެ. މާދަމާ ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް އެކަށީގެންވަނީ ހައިވޯލްޓޭޖް ގްރިޑް ނެޓްވޯކްގައި މުހިންމު މަސައްކަތެއް ކުރާތީ އެވެ. ސްޓެލްކޯއިން މަސައްކަތެއް ކުރުމަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލެވޭ ނަމަ އާންމުންގެ ސަމާލުކަމަށްޓަކާ މީގެ ކުރިން ވެސް އަންގަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ