އުމަރު ނަސީރަށް މަގުމަތިން ހަމަލާދީފި

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މިއަދު މީހަކު ހަމަލާދީފި އެވެ.
އުމަރަށް މީހަކު ހަމަލާދިނީ މަދު ބަޔަކާ އެކު މާލޭގައި މިއަދު ރޯޑް ރެލީއެއް ކުރިއަށް ގެންދަވަނިކޮށެވެ.
ހަމަލާ ދިން ވަގުތު އުމަރު ކައިރީގައި ސިފައިންގެ ހަތަރު ބޭފުޅުން ތިއްބެވި ކަމަށް އެނގިފައިވެ އެވެ.
އުމަރު ވިދާޅުވީ އޭނާ އަށް ހަމަލާ ދިނީ ޑްރަގް ވިއްކާ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.
އުމަރު ނަސީރު ރޯޑް ރެލީގައި ބައިވެރިވެވަޑައިގަންނަވަނީ
ވެރިކަން ލިބިވަޑައިގެންފިނަމަ ޑްރަގު ވިއްކާ މީހުންނަށް ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން ކުށް ސާބިތުވެއްޖެނަމަ މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެ އުމަރު ގެންދަވަނީ ޑްރަގު ވިޔަފާރީގައި އުޅޭ މީހުންނަށް ވަރުގަދައަށް އިންޒާރު ދެއްވަމުންނެވެ.
ހަމަލާދީފައިވަނީ އުމަރާއި އޭނާގެ ރަނިންމޭޓް އަހްމަދު ސަލީމާއި އިތުރު ބަޔަކު މަޖީދީ މަގުން ޕިކަޕެއްގައި ދުއްވާފައި ދަނިކޮށް މަޖީދީ މަގުގައި ހުންނަ ބިއްލޫރިޖެހި ގެއާ ހަމައިންނެވެ.
އުމަރު ނަސީރު ރޯޑް ރެލީގައި ބައިވެރިވެވަޑައިގަންނަވަނީ
ހަމަލާ ދިނީ ދަގަޑު އެއްޗެއް ދުރުން އެއްލައިގެން ކަމަށާއި އެ އެއްޗެއް އޭނާގެ މޫނުގައި ޖެހުނު ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"މޫނުމަތީ ޖެހުމަށްފަހު [އެމީހާ ވަނީ] ފިލާފައި. އަޅުގަޑުގެ ސިކިއުރިޓީގެ ގޮތުގައި ތިއްބެވި ސިފައިން މިހާރު ވަނީ
އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައި،" އުމަރު ވިދާޅުވި އެވެ.
މިހަމަލާއާއި ގުޅިގެން އުމަރަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މިހަމަލާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ