ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެއް: ގާސިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވި ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.
އެހެން ކަމުން ކޮންމެ ދިވެހިރައްޔިތަކަށްވެސް މި ހައްޤުތައް ފުރިހަމައަށް ލިބެން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެއީ ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެއް ކަމަށާއި އަދި އެއީ އިންސާނީ ހައްޤެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އެހެން ކަމުން ކޮންމެދިވެހިރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތައް ފުރިހަމައަށް ލިބެން ޖެހެއެވެ. އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެކެވެ. އަދި އެއީ އިންސާނީ ހައްޤެއް ވެސް މެއެވެ." ގާސިމް ވިދާޅުވިއެވެ." ގާސިމް ވިދާޅުވިއެވެ.
ގާސީމް ވިދާޅުވީ ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ، ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނެ ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގައި، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯ ގާސިމް ވަނީ ސުވާލު އުފައްދަވައިފައެވެ.
"ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ، ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނެއެވެ. މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގައި، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯއެވެ؟" ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ބައްލަވާ ފަނޑިޔާރު ހުޒައިފާ މުހައްމަދު ހުންނެވީ އާއިލީ ޒިންމާގެ ޗުއްޓީ ނަންގަވައިގެންނެވެ. އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗުއްޓީއެއް ނަންގަވާ ގޮތަށް ހަމަޖެހިފައިވާ ކަން އެނގިފައިވެ އެވެ.
ފަނޑިޔާރުންނަށް ފާރަވެރިވުމަށާއި ސުލޫކީ މައްސަލަތައް ބެލުމުގެ ބާރު އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާއިރު އިދިިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެ ކޮމިޝަން މެދުވެރިކޮށެވެ. މިއާއެކު ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ