އެކައުންޓިންގ ދާއިރާގެ ސްކޮލާޝިޕް ލިބޭ 210 ފަރާތަކަށް ލިޔުން ހަވާލުކޮށްފި

އެކައުންޓިންގ ދާއިރާގެ ސްކޮލާޝިޕް ލިބޭ 210 ފަރާތަކަށް ލިޔުން ހަވާލުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހު މި ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، މިއީ އެކައުންޓިންގެ ދާއިރާގައި ފަންނީ މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ހަރަދުގައި ޗާރޓަޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ގޮތުން ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ސްކޮލަޝިޕްތަކެކެވެ.
މިއަދު ހަވީރު އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލަރޝިޕް ލިބޭ ފަރާތްތަކާއި އެކަމާއި ގުޅޭ ލިޔުން  ވަނީ ހަވާލުކޮށްފައެވެ.
މި ސްކޮލަޝިޕްތަކުގެ މަގްސަދަކީ ވާދަވެރި ވަޒީފާގެ ބާޒާރު ދިވެހިންނަށް ފަހިކޮށްދިނުމާއެކު ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފައްދައި، މި ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ ދާއިރާއިން މިހާރު ކިޔަވަމުން ދާފަރާތްތަކަށާއި، މިދާއިރާ އާއި ގުޅުންހުރި ދާއިރާތަކުން ތައުލީމު ހޯދާފައިވާ ފަރާތްތަކުން ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓުންނަށްވުމަށް އެ ސްކޮލަރޝިޕް ފުރުސަުތުތަކުގެ ބޭނުންހިފޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
މި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ބައިވެރިވެވަޑަައިގެންނެވިއެވެ.
ސްކޮލަރޝިޕް ބަހާލައިފައިވަނީ ދެ ކެޓެގަރީއަށެވެ. އެއީ، 150 އޯޕަން ކެޓެގަރީ އަދި 50 ޕަބްލިކް ކެޓެގަރީއަށެވެ. މިނިސްޓްރީން ބުނީ 50 ފުރުސަތު ޕަބްލިކް ސެކްޓަރއަށް ރިޒާވްކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
މިދިޔަ އަހަރުވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ދާއިރާއިން ކިޔެވުމަށް 173 ސްކޮލަރޝިޕް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ