ނައިބު ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން ގެންނަ ކޮންމެ މީހަކަށް ތާއީދު ކުރައްވާ ކަން މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އަދި ކޯލިޝަން ޕާޓްނަރު އެމްޑީއޭ އިން ބުނަނީ ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނައިބު ރައީސްކަމަށް ގެންނަން އެ ޕާޓީގެ ފުރިހަމަ ތާއީދު އޮތް ކަމަށެވެ.
ނައިބު ރައީސްގެ މައްސަލައާ ގުޅޭ ގޮތުން މައުމޫން މިރޭ ޕީޕީއެމް ކައުންސިލްގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ބާރަކީ ރައީސަށް އޮންނަ ކަމެއް ކަމަށެވެ. އަދި އެކަމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެއްޗެއް ބުނަން ނުޖެހޭ ކަމަށެވެ.
މައުމޫން އެގޮތަށް ވިދާޅުވެފައި މި ވަނީ ނައިބު ކަމަށް ގެންނަން އެމަނިކުފާނު ތާއީދު ކުރަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގެންނަން ކަމަށެވެ. އެކަމަކު އެއީ ދޮގެއްކަން މި ވަނީ ހާމަވެފަ އެވެ.
އެމްޑީއޭގެ އިސް އޮފިޝަލަކު ވިދާޅުވީ، ނައިބު ރައީސް ކަމަށް އައުމުގެ އެއްވެސް ޝައުގުވެރިކަމެއް ސިޔާމްގެ ނެތް ކަމަށެވެ. އަދި ސިޔާމް ވެސް ތާއީދު ކުރައްވަނީ ރައީސްގެ ވިސްނުމާ އެއްގޮތަށް ނައިބު ރައީސްކަމަށް ޓްއަރިޒަމް މިނިސްޓަރު އަދީބު ގެނައުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އެމްޑީއޭގެ ވިސްނުމަކީ ރައީސްގެ ވިސްނުމާއި އެއްގޮތަށް އެއަށް އިހުތިރާމް ކޮށްގެން ކުރިއަށް ދިޔުން،" އޮފިޝަލް ވިދާޅުވި އެވެ.
ނައިބު ރައީސްކަމުން ޖަމީލް ވަކި ކުރުމަށް 61 މެންބަރުންގެ ސޮޔާ އެކު މިހާރު ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލައަށް ޖަވާބުދާރީ ވުމަށް މި މަހުގެ 13އާ ހަމަޔަށް ވަނީ ނޯޓިސް ފޮނުވައިފަ އެވެ. ނައިބު ރައީސް ހުންނެވީ ލަންޑަންގަ އެވެ. އަދި ވިދާޅުވެފައި ވަނީ އެ މައްސަލައިގައި އަސާސެއް ނެތް ކަމަށެވެ.
އެމްޑީއޭ ބޭނުމީ ނައިބަކަށް އަދީބު ގެންނަން، މައުމޫން ހުންނެވީ ރައީސްގެ ނިންމުމަށް އިހުތިރާމް ކުރައްވާ ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ