ރިސޯޓް ލީގު: ޗެމްޕިއަން ޖޯލި ބަލިކޮށް ކޯރާ ކޯރާ ފައިނަލަށް ރިސޯޓް ލީގު: ޗެމްޕިއަން ޖޯލި ބަލިކޮށް ކޯރާ ކޯރާ ފައިނަލަށް

ރިސޯޓް ލީގު 2025 ގެ ރ. އަތޮޅު ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ބަލިކޮށް، ކޯރާ ކޯރާ މޯލްޑިވްސް ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މުބާރާތުގައި ކޯރާ ކޯރާއިން ކުޅުނު ފުރަތަމަ މެޗުގައި އަލިލާ ކޮތައިފަރު މޯލްޑިވްސްގެ މައްޗަށް ކުރިހޯދީ 7-1 ގެ ނަތީޖާ އަކުންނެވެ. އަދި ދެ ވަނަ މެޗުގައި އިއްޔެ ޖޯލި އަތުން ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި ފަހަރުގެ މުބާރާތުގައި ޖޯލި އިން ފުރަތަމަ މެޗުގައި ކޮތަައިފަރު އަތުން ކުރިހޯދީ 5-4 ގެ ނަތީޖާ އަކުންނެވެ. އެކަމަކު, ކޯރާ ކޯރާ އަތުން ބަލިވެ، އެ ޓީމަށް ފައިނަލުގެ ޖާގަ ހޯދެން އޮތީ ޕްލޭ އޮފް މެޗު ކުޅެގެންނެވެ.
އިއްޔެގެ މެޗު ފަށައިގެ މިނިޓެއް ވުމުގެ ކުރިން ކޯރާ ކޯރާ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ރައުލް ނިޔާޒް އެވެ. އަދި އޭގެ 10 މިނިޓް ފަހުން ރައުލް ވަނީ އިތުރު ގޯލެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓް ގައި މޫސާ މުޒާހް މުހައްމަދު ވަނީ ޖޯލި އަށް ފަރުގު ކުޑަކޮށްފަ އެވެ.
ރ. އަތޮޅުގެ މުބާރާތުގައި، މި ފަހަރު ވާދަކުރަނީ ތިން ޓީމެވެ. އެއީ ޖޯލި އާއި ކޯރާ ކޯރާގެ އިތުރުން ކޮތައިފަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ