އަބްދުއްރަހުމާނުގެ ޕޯސްޓުމޯޓަމް ހަދަނީ މަރުގެ ސީދާ ސަބަބު ދެނެގަންނަން: ފުލުހުން

ރަހުމު ކުޑަ އަނިޔާތަކެއްދީ އއ. މާޅޮހުގައި މަރާލި އެ ރަށު އަބްދުއްރަހުމާން އާދަމް،65، އޯކިޑްމާގެ،ގެ ޕޯސްޓަމޯޓަމް ހަދަނީ މަރުގެ ސީދާ ސަބަބު ދެނެގަނެ ތަހުގީގަށް ހެކި ހޯދުމަށް ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އަބްދުއްރަހުމާނަށް ލިބުނު އަނިޔާތަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ ރޭ ފަތިހު އެވެ.
ތަފްސީލް - ޕޯސްޓުމޯޓަމް ހެދުމަށް ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު ފުލުހުން މިއަދު ބުނީ ޕޯސްޓުމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމީ
 މަރުގެ ސީދާ ސަބަބުން ދެނެގަތުމަށް
ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް
އިތުރު ތަހުލީލުތައް ހެދުމަށް
އަބްދުއްރަހުމާނު މަރުވީ ރޭ އޭނާގެ ގޭގައި ނިދާފައި އޮއްވާ ދިން ބޮޑެތި ޒަހަމްތަކެއްގެ ސަބަބުންނެވެ. 
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ