ކުޑަކުދިންނަށް ދެން ވަޅިއެއް ނުވިއްކޭނެ، ބޮޑު ޖޫރިމަނާއެއް

މިއަދު އަމަލު ކުރަން ފެށި، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހަޅައި މިދިޔަ މޭ މަހު ފާސްކުރި މި ބިލު، މިދިޔަ 25 މޭގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ގޮތަށް އޮތީ ތަސްދީގުކުރާތާ ތިން މަސް ފަހުން މިއަދު އެވެ.
މި ގާނޫނުގައި އޮންނަ ގޮތުން، ކުޑަކުއްޖަކަށް ވަޅިއެއް ވިއްކައިފި ނަމަ، 20،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެނގުން މުހިއްމު- ގޭންގު ކުށްތަކުގެ ގާނޫނުގައި އޮންނަ ގޮތުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ވެސް ކުށެކެވެ. މިފަދަ ކުށެއް ސާބިތުވާ މީހަކަށް ދޭ އަދަބު މައާފުކޮށްދީ ލުއިކޮށެއް ވެސް ނުދެވޭނެ އެވެ. އެފަދަ މައްސަލަތަކުގައި އިއުތިރާފުގެ އެއްބަސްވުމެއް ވެސް ނުހެދޭނެ އެވެ.
މައާފުދީ އަދަބު ލުއިނުކޮށްެ ދެވޭނެ ކުށްތަކުގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ވިޔަސް އަދި ބޭނުންނުކޮށްވިޔަސް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ހިންގާ ފަސް ބާވަތެއްގެ ކުށް ހިމަނާފައިވެ އެވެ. އެއީ:
މީހަކު މަރާލުން
މީހަކާ މެދު ނުރައްކާތެރި މާރާމާރީ ހިންގުން
މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން
ބިރުދެއްކުން
ކިޑްނެޕްކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ