ބޯޕާލްގައި ހުރި ތަރިކަ މުދާތައް ސައިފަށް ގެއްލުމުގެ ބިރު

އިންޑިއާގެ އެކްޓަރު ސައިފް އަލީ ޚާންގެ އާއިލީ ތަރިކަ މުދާ ކަމަށް ބުނާ ބޯޕާލްގައި ހުންނަ ގެ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ މައްސަލަ އަނބުރާ ޝަރީއަތަށް ފޮނުވުމުން މި މައްސަލައިގެ ނިމުމަށް އަނެއްކާ ވެސް ދިގު އިންތިޒާރީއެއް އެ އާއިލާއިން ކުރަން ޖެހިއްޖެއެވެ. މި އަހަރުގެ ޖަނަވަރީ މަހު އިންޑިއާގެ ހައިކޯޓުން ސައިފަށް އަންގާފައިވަނީ ބޯޕާލްގައި ހުރި 15،000 ކްރޯޑު ރުޕީސް (1.80 ބިލިއަން ޑޮލަރު) ކަމަށް ލަފާކުރެވޭ އެ އާއިލާގެ ތާރީޚީ މުދާތައް 'ދުޝްމަނުންގެ މުދާ'ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ, އެ އަމުރު އިސްތިއުނާފީ އިދާރާއަށް ހުށަހެޅުމަށް ހައިކޯޓުން ސައިފަށް ވަނީ އަންގާފައެވެ. މަދްޔަ ޕްރަދޭޝް ހައިކޯޓުން ބޯޕާލްގެ ރަސްކަމުގެ ޢާއިލާގެ ވާރުތަ މުދަލާ ގުޅޭ ދިގު މުއްދަތެއްގެ ޚިލާފުގައި، ދަށު ކޯޓުގެ ޙުކުމެއް ބާޠިލުކޮށްފައިވާތީ އެ މައްސަލައަކީ ސައިފްގެ އާއިލާއަށް ލިބުނު ނާކާމިޔާބީއެއްގެ ގޮތުގައި އިންޑިއާގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. ސައިފްގެ މާމަ ސަޖީދާ ސުލްޠާން އަދި އެކްޓަރު އަންހެނުން ބަތަލާ ކަރީނާ ކަޕޫރު ޚާންއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް އެ ޙުކުމުގައި ބަޔާންކޮށްފައިވަނީ ސައިފާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިން ކަމަށްވާ ސަބާ، ސޮހާ އަދި މި ތިން ބެއިންގެ މަންމަ ޝަރްމީލާ ޓޭގޯރުއަކީ އެ މުދަލުގެ ވާރިޘުންގެ ގޮތުގައެވެ. މި ޙުކުމަކީ ނަވާބު ޙަމީދުﷲ ޚާނުގެ ވާރިޘުން އިސްތިއުނާފުކުރި މައްސަލައެއްގައި މުދާ ބެހުމަށް އެ ވާރިޘުން ކުރިން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. ދެހާސްވަނަ އަހަރު އިންޑިއާގެ ދަށު ކޯޓަކުން ވަނީ ސައިފްގެ ބައްޕަ ފަރާތު މާމަ ސަޖީދާ ސުލްޠާނުގެ ވާރިޘުންނަށް ތަރިކަ މުދަލުގެ ގޮތުގައި ހުރި އަމިއްލަ ދެ ގެ ލިބޭގޮތަށް ހުކުމްކޮށްފައެވެ. ނަމަވެސް ނަވާބު، ޙަމީދުﷲ ޚާނަށް ލިބުނު ތިން އަންހެން ކުދިންގެ ތެރެއިން ޕާކިސްތާނަށް ދިރިއުޅުން ބަދަލުކޮށް އެ ޤައުމުގެ ރައްޔިތަކަށް ވެފައިވާ އާބިދާ ސުލްޠާންގެ ވާރިޘުން ބޭނުންވީ 1937 ގެ ދަށުން އަމަލުކުރަމުން އައި، މުސްލިމް ޕާސަނަލް ލޯ (ޝަރީޢަތް) އެކްޓްގެ ދަށުން އަމިއްލަ މުދާތައް ބަހައި ވާރުތަކުރުމަށެވެ. ސައިފްގެ މަންމަ ޝަރުމިލާ ޓޭގޯރު އަދި ބައްޕަ މަންސޫރު ޚާން--ފޮޓޯ/ހިންދުންސްތާންޓައިމްސް މި ޤާނޫނަކީ އޭރުގެ ނަވާބު 1960 ގައި އަވަހާރަވިއިރު ޢަމަލު ކުރެވެމުންދިޔަ ޤާނޫނެކެވެ. އެހެންވެ، 1999ވަނަ އަހަރު އެ ވާރިޘުން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް 2000 ވަނަ އަހަރު މައްސަލަ ނިމި ހުކުމް ކުރެވުނީ އެ ވާރިޘުންނާ ދެކޮޅަށެވެ. މިހާރު، ހައި ކޯޓުން ވަނީ މި މައްސަލަ އަލުން ދަށު ކޯޓަށް ފޮނުވައި، މައްސަލައިގެ އަޑުއެހުންތައް އަލުން ފަށައި، އެއް އަހަރު ދުވަހުގެ ތެރޭގައި އަޑުއެހުންތައް ނިންމުމަށް އަންގާފައެވެ. އިސްތިއުނާފުކުރަން މައްސަލަ ހުށަހެޅި ވާރިޘުން ވަނީ ދަށު ކޯޓުން ނަވާބުގެ އަމިއްލަ މުދާތަކަކީ ތަޚުތުގެ ބައެއްކަމަށް އޮޅިގެން ދެކި، އެ މުދާތައް އޮޓޮމެޓިކުން ތަޚުތުގެ ވާރިޘަށް ލިބޭނެކަމަށް ނިންމާފައިވާތީ އެކަން ހައިކޯޓުގެ ސަމާލުކަމަށް ގެނެސްފައެވެ. އާ ޝަރީޢަތެއްގެ ފަހުން ކޯޓުން ތަފާތު އަމުރެއް ނެރެފިނަމަ، ބޯޕާލް ރަސްކަމުގެ ޢާއިލާގެ މުޅި ވާރުތަ އޮނިގަނޑަށް ބަދަލު އަތުވެދާނެ ކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ. މިއީ ފަހަކަށް އައިސް ސައިފާއި އޭނާގެ ޢާއިލާއަށް އެ މީހުންގެ ކާބަފައިންގެ މުދަލާ ގުޅޭ މައްސަލަތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ޖަނަވަރީ މަހު މަދިޔަ ޕްރަދޭޝް ހައިކޯޓުން ވަނީ ބޯޕާލްގައި ހުރި ޕަޓައުދީ ޢާއިލާގެ 15،000 ކްރޯޑު ރުޕީސްގެ މުދާތަކެއް، "ދުޝްމަނުންގެ މުދާ"ގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަމުރާ ދެކޮޅަށް އިސްތިއުނާފީ އިދާރާއަށް ހުށަހެޅުމަށް ސައިފަށް އަންގާފައެވެ. އަދި، 2014ވަނަ އަހަރު 'އެނެމީ ޕްރޮޕަޓީ ޑިޕާޓްމަންޓް'އިން ނެރުނު ނޯޓިސްއެއްގައި ކަނޑައަޅާފައިވާ ގޮތުން ބޯޕާލްގައި ހުރި ޕަޓައުދީ ޢާއިލާގެ މުދާތަކަކީ ދުޝްމަނުންގެ މުދަލުގެ ޤާނޫނުގެ ދަށުން ހިމެނޭ މުދާތަކެކެވެ. މި ޙުކުމުގައި ހިމެނޭ ބައެއް މުދާތަކުގެ ތެރޭގައި ސައިފް ކުޑައިރު ދިރިއުޅުނު ގެ 'ފްލެގް ސްޓާފް ހައުސް'، 'ނޫރުއްސަބާހު ގަނޑުވަރު'، 'ދާރުއްސަލާމް'، 'ހަބީބީގެ ބަންގުލޯ'، 'އަޙްމަދާބާދު ގަނޑުވަރު'، އަދި 'ކޯހެފިޒާ ޕްރޮޕަޓީ' ފަދަ ތަންތަން ހިމެނެއެވެ. އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމައަށް ފަހު ދުޝްމަން ޤައުމުތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ގެތައް އިންޑިއާގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ ހުއްދަ އިންޑިއާގެ 'އެނެމީ ޕްރޮޕަޓީ އެކްޓް'އަށް ލިބިގެންވާ ކަމަށް ޤާނޫނުގައި ވަނީ ބުނެފައެވެ. ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ސައިފް 2015 ވަނަ އަހަރު ފެށި މަސައްކަތްތަކުގެ ދަށުން ކޯޓު އަމުރެއްގެ ދަށުން ސައިފްގެ އާއިލާއަށް ލިބެންޖެހޭ ހައްގު މުދާތައް ހޯދުމަށް މައްސަލަ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް އެ އާއިލާއަށް ދެވުނެވެ. ނަމަވެސް، ދެވުނު މުއްދަތުގެ ތެރޭގައި ސައިފްގެ ފަރާތުން އެއްވެސް މީހަކު ދައުވާއެއް ހުށަހަޅާފައެއް ނުވެއެވެ. ބޯޕާލްގެ ނަވާބު، ޙަމީދުﷲ ޚާނަށް ލިބުނު ތިން އަންހެން ކުދިންގެ ތެރެއިން ޢާބިދާ ސުލްޠާން، ވަނީ ޕާކިސްތާނަށް ހިޖުރަކޮށްފައެވެ. އަނެއް ދެ ކުދިން އިންޑިއާގައި ދިރިއުޅެން ފެށިއިރު ސައިފްގެ މާމައަކީ އިންޑިއާގައި ދިރިއުޅުނު ޢާބިދާގެ ދައްތަ ސަޖީދާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ