އިސްތަންބޫލް، ތުރުކީ (އޮގަސްޓް 2) - ނަޕޯލީ ދޫކޮށް ދާއިމީ ކޮންޓްރެކްޓެއްގައި، ނައިޖީރިއާގެ ފޯވާޑް، ވިކްޓަ އޮސީމެން، ތުުރުކީގެ ގަދަބާރު، ގަލަސަތަރާއި އަށް ސޮއިކުރީ ކުރިއަށް ވުރެ ކުޑަ މުސާރަ އަކަށް ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިދިޔަ ސީޒަނުގައި، އޮސީމެން، 26، ލޯން އުސޫލުން ގަލަތަސަރާއި އަށް ކުޅެ، އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކިިއިރު، 41 މެޗުން 37 ލަނޑު ޖަހައި، އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރި އެވެ. މިއާ އެކު، ގިނަ ޓީމުތަކުން އޮސީމެންގެ ސޮއި ހޯދަން ޝައުގުވެރިކަން ފާޅުކުރިއިރު، ބޮޑު މުސާރަ ލިބޭ ދެ ކޮންޓްރެކްޓެއް، ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބްތަކުން ވެސް ލިބުނެވެ.
އެކަމަކު، އޮސީމެން ނިންމާފައިވަނީ، 80 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން، ގަލަތަސަރާއި އަށް ބަދަލުވާށެވެ. އެ ކްލަބްގެ ނައިބު ރައީސް، އަބްދުﷲ ކަވުޗްކޫ ވިދާޅުވީ، އެކި ކްލަބްތަކުން މުސާރަ ބޮޑު ކޮންޓްރެކްޓްތަކެއް ލިބިފައި އޮއްވައި، އޮސީމެން، ގަލަތަސަރާއި އަށް ބަދަލުވީ، ނިސްބަތުން ކުޑަ އަގެއްގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި، އޮސީމެން، ގަލަތަސަރާއިއާ އެކު، ސޮއިކުރީ އަހަރަކު، 15 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. އަދި، އެ ކޮންޓްރެކްޓްގެ މުއްދަތު ފުރިހަމަކޮށްފިނަމަ، 15 މިލިއަން ޑޮލަރުގެ ލޯޔަލްޓީ ބޯނަހެއް ދޭން ހަމަޖެހިފައިވާއިރު، ކޮންޓްރެކްޓްގެ މުއްދަތުގެ ކޮންމެ އަހަރަކު، އިމޭޖް ރައިޓްސް އަށް ފަސް މިލިއަން ޑޮލަރު ދޭނެ އެވެ.
ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން އޮސީމެން އަށް އަހަރަކު، 100 މިލިއަން ޑޮލަރު ލިބޭ ޑީލެއް ދޭން އޮތީ ތައްޔާރަށެވެ.
އޮސީމެން ގަލަތަސަރާއި އަށް ސޮއިކުރީ ބޮޑު މުސާރަ ދޫކޮށްލައިފައި އޮސީމެން ގަލަތަސަރާއި އަށް ސޮއިކުރީ ބޮޑު މުސާރަ ދޫކޮށްލައިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ