10،000 މެމްބަރުން ހަމަވަނީ ތިން ޕާޓީއެއްގައި

ރާއްޖޭގައި ނުވަ ސިޔާސީ ޕާޓީއެއް އޮތްއިރު 10،000 މެންބަރުން ހަމަވަނީ އެންމެ ތިން ޕާޓީގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އާންމުކުރި ހިސާބުތަކުން ދައްކައިފި އެވެ.ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލާއިރު އެންމެ މެންބަރުން ގިނައީ ވެރިކަން ކުރާ ޕީއެންސީގަ އެވެ. އެ ޕާޓީގައި 68،665 މެންބަރުން އެބަ ތިއްބެވެ.އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކުރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާއިރު 10،000 މެމްބަރުން ހަމަވަނީ އެންމެ ތިން ޕާޓީއެއްގަ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީގަ އެވެ.ސިޔާސީ ޕާޓީތަކުގައި މިހާރު ތިބި މެމްބަރުންގެ އަދަދު:– ޕީއެންސީ: 68،665 މެމްބަރުން– އެމްޑީޕީ: 43،765 މެމްބަރުން– އަދާލަތު ޕާޓީ: 8،844 މެންބަރުން– ޖުމްހޫރީ ޕާޓީ: 13،456 މެންބަރުން– އެމްޑީއޭ: 9،011 މެންބަރުން– ތާޑްވޭ ޑިމޮކްރެޓްސް: 2،272 މެންބަރުން– އެމްއެންޕީ: 5،836 މެންބަރުން– ޑިމޮކްރެޓްސް: 3،547 މެންބަރުން– ޕީއެންއެފް: 3،046 މެންބަރުންސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކޮންމެ ހަ މަހުން އާންމުކުރަން ޖެހެ އެވެ.އީސީއިން ބުނީ އެ ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް މިހާރު ހުށަހަޅަން ޖެހެނީ އީފާސް މެދުވެރިކޮށް އެ ކޮމިޝަނުގެ ޕޯޓަލް އަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ