އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސަރުކާރުގެ ސްކޫލްތަކަށް ހަދިޔާކުރުމަށް 20،000 މުސްޙަފު ހަވާލުކޮށްފި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި، އަދި ޤުރުއާން އޮންލައިންކޮށް ކިޔަވައިދެނީ ކޮވިޑް-19: ޤުރުއާން ކިލާސްތަކާއި ޕްރީސްކޫލްތަކަށް ދޭ ފައ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އައު ސްކޫލް “ޝަހީދު ޢަލީ ސްކޫލް” ގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިންމާ، އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފަށާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ޢިމާރާތް ކުރާ ސްކޫލެކެވެ.
މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) – ޢަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ. ޢަލީ ރަސްގެފާނަކީ އީމާންތެރިކަން ވަރުގަދަ، ހިތްޕުޅުގައި ޤައުމީ ލޯބި ފުން އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ދައުލަތަށް ވަފާތެރި، ދިވެހިރައްޔިތުންނާ މެދު ހިތްޕުޅުގައި ކުލުނާއި އިޚްލާޞްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ. ޢަލީ ރަސްގެފާނުގެ ނަންފުޅު ތާރީޚުގައި ފަވާލެވިފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދު އަދި ވަޠަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެއް ގޮތުގައެވެ.
މި ސަރުކާރުގެ އެންމެ ފުރަތަމަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު އަކީ ތަޢުލީމީ ބިނާއެއް ކަމުގައި ހެދުމަށްޓަކައި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ބިންގާ އެޅި މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2020 ވަނަ އަހަރު މީހުން އާބާދުވާންފެށި ނަމަވެސް މިހާތަނަށް އެތާނގައި ދާއިމީ ސްކޫލެއްގެ ގޮތުގައި އިމާރާތްކޮށްފައި ވަނީ ޞަލާޙުއްދީން ސްކޫލްގައި އެކަންޏެވެ. ދެން ހިމެނޭ ކާމިލް ދީދީ ސްކޫލަކީ ވަގުތީ ސްކޫލެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލްތައް މަދުވުމަކީ، އެ ފިޔަވައްސަށް ދިރުއުޅުން ބަދަލުކުރާ އާއިލާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެތާންގައި ދިރިއުޅޭ ގިނަ ދަރިވަރުންތަކެއް ތަޢުލީމު ޙާސިލުކުރުމަށް ދަނީ ހުޅުމާލެ ފޭސް 1 ނުވަތަ މާލޭގެ ސްކޫލްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ